ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

5 hours ago - 14:43
Advertisement
Advertisement

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.


ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް އައި އެ ގައުމުގެ ދެ މީހެއްގެ އަތުންނެވެ. މި ދެ މީހުން ރާއްޖެ އައީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.


މި ތަކެތި ފެނިފައިވަނީ އެ ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްގެ އޮފިސަރުން އެމީހުންގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައެވެ.


ކަސްޓަމްސްއިން ބުނި ގޮތުގައި އެ ދެ މީހުންގެ ލަގެޖުން ފެނިފައިވަނީ ޖުމްލަ 5,540 ގްރާމްގެ ކެނެބިސްއެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.


މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރަން އުޅުނު ދެ މީހުން މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement