އިތުރު 8.5 މިލިއަން ޑޮލަރުގެ އެހީއެއް އެމެރިކާއިން ރާއްޖެއަށް ދީފި
އެހީގެ އެއްބަސްވުމުގައި ދެގައުމުން ސޮއިކުރުމަށްފަހު: ފޮޓޯ-ފޮރިންގ މިނިސްޓްރީ

އިތުރު 8.5 މިލިއަން ޑޮލަރުގެ އެހީއެއް އެމެރިކާއިން ރާއްޖެއަށް ދީފި

ޖުމްލަ އެހީގެ އަގަކީ 45.7 މިލިއަން ޑޮލަރު

1 month ago - 14:32
Advertisement

އިތުރު 8.5 މިލިއަން ޑޮލަރުގެ އެހީއެއް އެމެރިކާއިން ރާއްޖެއަށް ދީފި އެވެ. މިއީ 131 މިލިއަން ދިވެހި ރުިފޔާއެވެ.

އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑް މިޝަން ޑައިރެކްޓަރ ގަބްރިއަލް ގުރައޫއެވެ. އިތުރު ކުރި އެހީގެ އަދަދާއެކު އެމެރިކާއިން ރާއްޖެއަށް 45.7 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ދޭނެއެވެ. ފާއިތުވި އަހަރު ތަކުގައި އެެމެރިކާއިން ރާއްޖެއަށް ދޭ އެހީގެ މިންވަރު ވަނީ އިތުރުކޮށްފައެވެ. 

އެހީ އިތުރުކުރުމަށް ސޮއިކުރި ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލްކަން އިތުރުކުރުމާއެކު, އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާ ކުރުމަސް ދެގައުމުފެ ދެމެދުގައި ވެވުނު އެއްބަސްވުމެއްކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި  ފޮރިންގ މިނިސްޓްރީއާއި ޔޫއެސްއެއިޑްގެ އިސް ބޭފުޅުން ބައިވެރިވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement