ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރުން ފައިސާ ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
އިނގިރޭސި ވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރުން ފައިސާ ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

3 days ago - 15:01
Apr 10, 2025 - 15:10
Advertisement
Advertisement

ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންނަށް ރުފިޔާގެ ބަދަލުގައި ޑޮލަރުން ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ފަރާތުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ސްޓޫޑެންޓް ލޯނުގެ ދަށުން 1،650 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ކަމަށާއި، އެ ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ލޯނުގެ ފައިސާ ދިވެހި ރުފިޔާއިން ލިބުމުގެ ސަބަބުން ބްލެކް މާކެޓުން ޑޮލަރު ގަންނަން ޖެހުމުން ލިބޭ ގެއްލުންކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރާ މަޝްވަރާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިސޯޓުތަކުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތަކުގެ ދަށުން މި މައްސަލަ ހައްލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ޓަކައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކޮންމެ ގައުމަކަށް ވަކި ވަޓްސްއެޕް ބިޒްނަސް ނަންބަރެއް ނަގައި، އެ ނަންބަރު މެނޭޖުކުރުމަށް ވަކި މުވައްޒަފެއް ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސް މިފަދައިން ވިދާޅުވެފައިވާ އިރު މިފަހަކުން ރައީސް އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އެކުދިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެބައްދަލުވުމުގައި އެކުދިން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ޑޮލަރު ނުލިބުމުގެ މައްސަލަ އާއި މިނިސްޓްރީން އެކުދިންގެ ކަންބޮޑުވުންތަކަށް ޖަވާބު ނުލިބުމާއި އަދި ޖަވާބު ލިބުން ލަސްވުން ފަދަ ކަންތައްތައް ފާހަގަކޮށްފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement