
ދައުލަތުގެ ބަޖެޓުން މިއަހަރު އެންމެ ގިނަ ފައިސާ ޕީއެންސީ އަށް
ބަޖެޓުން ފައިސާ ލިބެނީ 5 ޕާޓީއަކަށް
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓޯތަކަށް ދޫކުރާ ފައިސާއިން އެންމެ ބޮޑު އަދަދެއް ލިބެނީ ސަރުކާރު ހިންގާ ޕީޕަންސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ޢާއްމުކުރި ހިސާބުތަކަށް ބަލާއިރު ވެރިކަން ކުރާ ޕީއެންސީ އަށް 13,316,689.57 ރުފިޔާ ލިބެއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ. މީގެކުރިން ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެމުން އައި އެމްޑީޕީއަށް މިއަހަރު ލިބެނީ 8,454,780.51 ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބެނީ ޖުމްހޫރީ ޕާޓީއަށެވެ. އެޕާޓީއަށް ލިބެނީ 2,656,598.57 ރުފިޔާއެވެ.
މީގެއިތުރުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ސިޔާސީ ޕާޓީތަކަކީ އެމްޑީއޭއާއި އަދާލަތު ޕާޓީއެވެ. އެމްޑީއޭއަށް 1,769,648.69 ރުފިޔާ ލިބެއެވެ. އަދާލަތު ޕާޓީއަށް ލިބެނީ 1,713,538.65 ރުފިޔާއެވެ. ޖުމްލަ އެކު މިއަހަރު ސިސާސީ ޕާޓީތަކަށް ބަޖެޓުން 27,911,256.00 ރުފިޔާ ދޫކުރެއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 10,000 މެމްބަރުންނަށް ވުރެ މެމްބަރުން ގިނަ ސިޔާސީ ޕާޓީޔަކަށެވެ.
ރިއެކްޝަންސް






