ސަރުކާރުން ސްކޫލްތަކުގެ ކްލާސްރޫމުތައް މިއަހަރު އޭސީކޮށް ނިންމާ، ހޯލްތައް އޭސީކުރަން ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ސްކޫލްތަކުގެ ކްލާސްރޫމުތައް މިއަހަރު އޭސީކޮށް ނިންމާ، ހޯލްތައް އޭސީކުރަން ފަށަނީ

3 days ago - 14:36
Apr 10, 2025 - 15:13
Advertisement
Advertisement

ސަރުކާރުން ހިންގާ 'ކޫލް ސްކޫލް' ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކުގައި އޭސީ ބެހެއްޓުމުގެ މަސައްކަތް މި އަހަރު ތެރޭގައި ނިމޭނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ސްކޫލްތަކުގެ ހޯލުތަކުގައި ވެސް އޭސީ ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ މިއަދު ގެނެސްދިން ޕްރޮގްރާމުގައި  ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޖުމުލަ 3704 ކްލާސްރޫމުގައި އޭސީ ބެހެއްޓުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެކަމަށާއި، މިހާތަނަށް 800 އަށްވުރެ ގިނަ އޭސީ ހަރުކުރެވިފައިވާ ކަމަށޭވެ.

ސްކޫލް ހޯލުތައް އޭސީކުރުމަކީ ކުރިން ސަރުކާރުގެ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ނަމަވެސް ހޯލުތަކަކީ މުހިންމު ތަންތަން ކަމަށްވާތީ، ކްލާސްރޫމުތަކުގެ މަސައްކަތް ނިމުމުން ހޯލުތައް ވެސް އޭސީކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Advertisement

ކްލާސްރޫމުތައް އޭސީކުރުމަކީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ. އެމަނިކުފާނު ކުރިން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ފާހަގަކުރެއްވި ގޮތުގައި ސްކޫލްތަކުން އެންމެ ބޮޑު ޝަކުވާއަކަށް އޮންނަނީ ކްލާސްރޫމުތައް މާ ބޮޑަށް ހޫނުގަދަވުމުން ދަރިވަރުންނަށާއި މުދައްރިސުންނަށް އުދަގޫވާކަމުގެ ޝަކުވާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement