އިސްލާމީ މަރުކަޒުތަކުގެ ކުތުބުޚާނާ ތަކުގައި ބޭނުންކުރަން 60 ހާސް ފޮތް ހަދިޔާ ކުރަނީ
އަތޮޅުތަކުގައިވެސް ކުތުބުޚާނާތައް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އިސްލާމީ މަރުކަޒުތަކުގެ ކުތުބުޚާނާ ތަކުގައި ބޭނުންކުރަން 60 ހާސް ފޮތް ހަދިޔާ ކުރަނީ

ފޮތް ހަދިޔާ ކުރަނީ ބޭރު ގައުމެއްގެ ޔުނިވަރސިޓީއަކުން

6 hours ago - 18:14
Jul 3, 2025 - 18:14
Advertisement
Advertisement

އިސްލާމީ މަރުކަޒުތަކުގެ ކުތުބުޚާނާ ތަކުގައި ބޭނުންކުރަން 60 ހާސް ފޮތް އެކުވެރި ގައުމެއްގެ ޔުނިވަރސިޓީން ހަދިޔާ ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެއީ މާލޭގެ އިތުރުން އަތޮޅުތަކުގެ އިސްމާލީ މަރުކަޒުތަކުގެ ކުތުބުޚާނާ ތަކުގައި ބޭނުންކުރާނެ ފޮތް ކަމަށެވެ. އެކަމަކު ފޮތްތައް ހަދިޔާކުރަނީ ކޮން ގައުމެއްގެ ކޮން ޔުނިވަރސިޓީއަކުން ކަމެއް މިނިސްޓްރީން ނުބުނެއެވެ. މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި ތިނަދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އައްޑޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާގެ އިތުރަށް އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެއްގެ ޔުނިވަރސިޓީއަކުން ލިބޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ކުތުބުޚާނާ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ޤާއިމުކުރެވޭ އިސްލާމީ ކުތުބުޚާނާ ސަލްމާނު މިސްކިތުގައި ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިނިސްޓްރީގެ އަމާޒަކީ މިމަހު އެތަން ހުޅުވުމެވެ.

އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ކުތުބުޚާނާ ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement