
ރަހީނުކޮށްފައި ހުރި ދިވެއްސެއްވެސް ސަލާމަތްކޮށްފި
ހުރީ އަނިޔާކޮށްފަ
ރަހީނުކޮށްފައި ހުރި ދިވެއްސެއްވެސް ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. އިއްޔެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެމީހާ ސަލާމަތްކުރެވުނީ މިއަދުއެވެ.
ފުލުހުން ވަނީ ރަހީނުކުރި މީހާ ހުރިތަން ހޯދާ މީހާ ސަލާމަތްކުރުމުގެ އިތުރުން ކުށުގެ ވެށިން ރަހީނު ކުރި މީހާވެސް ހައްޔަރުކޮށްފައެވެ. އެކަން ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އައްޑޫ ސިޓީ ފޭދޫ ސުވާސާގެ އިބްރާހީމް ސައީދު އެވެ.
ހިފަހައްޓައިގެން ގެންގުޅުނު މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެއީ 44 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ރަހީނުކޮށްފައި ހުރި ބަނގްލަދޭޝް މީހަކުވެސް ފުލުހުން މިއަދު ވަނީ ސަލާމަތްކޮށްފައެވެ.
ރިއެކްޝަންސް






