މިފްކޯއަށް ސީއީއޯ އެއް ހޯދަން އަލުން ހުޅުވާލައިފި

މިފްކޯއަށް ސީއީއޯ އެއް ހޯދަން އަލުން ހުޅުވާލައިފި

19 days ago - 13:38
Advertisement

މިފްކޯއަށް ސީއީއޯއަށް ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އަލުން އިއުލާނުކޮށްފިއެވެ. ކުރިންވެސް އެމަގާމަށް މީހަކު ހޯދަން މިފްކޯއިން ހުޅުވާލިއެވެ. ނަމަވެސް އޭރު ކެންސަލްކުރީ އެކަށީގެންވާ ޝަރުތު ހަމަވާ މީހަކު ކުރިމަތިލއްވާފައި ނުވާ ކަމަށް ބުނެއެވެ.

ކުރިން އިއުލާނު ބާތިލްކުރީ އެމަގާމަށް ބައެއް ދިވެހިން ކުރިމަތިލައްވާފައި ވަނިކޮށެވެ. މިފަހަރުވެސް އެމަގާމަށް މީހަކު ހޯދަން އިއުލާނުކުރީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ކުރިމަތިލެވޭ ގޮތަށެވެ. މުއްދަތު ދީފައިވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިފްކޯގެ ސީއީއޯ/ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަން ކުރަނީ 4 އަހަރުގެ މުއްދަތަށެވެ. އެމަގާމްގެ މުސާރައަކީ 12000-15000 ރުފިޔާއެވެ. އެއީ ދެ ލައްކައެއްހާ ދިވެހި ރުފިޔާ އެވެ. އަލުން އެމަގާމަށް ހުޅުވާލީ މުސާރަ ބޮޑުކުރުމަށްފަހު އެވެ.

މިސަރުކާރުން މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ސަމާހު ރަޝީދު އެވެ. ނަމަވެސް އޭނާ ވަނީ ފަހުން މަގާމުން ވަކިކޮށްފައެވެ.

Advertisement

 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement