މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 282 މިލިއަން ރުފިޔާއަށްވުރެ މަތި- ފުލުހުން
ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 282 މިލިއަން ރުފިޔާއަށްވުރެ މަތި- ފުލުހުން

19 days ago - 11:31
Advertisement

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ އަގު 282 މިލިއަން ރުފިޔާއަށްވުރެ މަތި ކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ޢާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 282 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ. އެއީ 158.8 ކިލޯގެ މަސްތުވާތަކެއްޗެވެ. މީގެއިތުރުން އެއަގަކީ އަތުލައިގަތް ބަނގުރަލުގެ އަގުވެސް ހިމަނައިގެން ފުލުހުން އަންދާޒާކުރި އަގެވެ. އެމުއްދަތުގެ ތެރޭގައި 5252 ފުޅި ބަނގުރާ އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ.

އެމުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ތަކުގައި 712 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ބަލާފާސް ކުރި މީހުންގެ އަދަދު 8554 އަށް އަރައެވެ. މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 80 މީހަކު އިމިގްރޭޝަނާވެސް ހަވާލުކުރި ކަމަށް ފުލުހުން ބުންޏެވެ.

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ފުލުހުން ވަނީ މަސްތުވާތަކެތީގެ 113 އޮޕަރޭޝަނެއް ހިންގާފައެވެ. މަސްތުވާތަކެތީގެ 475 މައްސަލައެއް ހުށަހެޅުނު ކަމަށް ފުލުހުން ބުންޏެވެ. ފުރަތަމަ އަށްމަހު ތަހުގީގު ނިންމާ ފުލުހުން ވަނީ 230 މައްސަލައެއްގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައެވެ.

Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement