އެކްސިޑެންޓްތައް މަދުކުރަން ފުލުހުންގެ ފިޔަވަޅުތަކެއް!
މަގުތަކުގައި ސީނިއަރ ފުލުސް އޮފިސަރުން ހަރަކާތްތެރިވޭ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

އެކްސިޑެންޓްތައް މަދުކުރަން ފުލުހުންގެ ފިޔަވަޅުތަކެއް!

ކޮންމެ 5 މިނިޓަކުން މާލޭގެ މަގުމަތިން ފުލުހަކު ފެންނާނެ

19 days ago - 11:10
Advertisement

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުން ދާތީ އެކަން މަދުކުރަން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

 ފުލުހުންގެ ހިދުމަތުގެ ޕޮލިސީއެއްގެ ގޮތުގައި ކަނޑައަޅާ އަޅަން ނިންމި އެއް ފިޔަވަޅަކީ ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓަކުން ފުލުހުންގެ އޮފިސަރެއް ފެނުމެވެ. ފުލުހުން ބުނީ އެކަން ހާސިލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، މިހާރު ޓްރޭނިންގ ހަދަމުންގެންދާ ފުލުހުން ޓްރޭނިންގއަށްފަހު އައުމުން އެއަމާޒަށް ވާސިލްވުމަށް އެ ފުލުހުން ފްރަންޓްލައިންގައި ހިދުމަތް ދޭން ފަށާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ. އެއަމާޒު ދުވާލުގެ ބޮޑުބައެއްގަ ހާސިލް ވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ. 

މީގެއިތުރުން މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގަ މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށާއި, މި މަސައްކަތްތައް މޮނިޓަރ ކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ސްޓަރުގައި ސީނިއާ ފުލުހަކު 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެކަމަށްވެސް ފުލުހުންގެ އިދާރާއިން ބުންޏެވެ.

"މުޅި މާލޭގެ ސީސީޓީވީ ނިޒާމް ސެންޓްރަލީ މި ތަނުން ކޮންޓްރޯލްކޮށް މޮނިޓަރ ކުރަމުން ގެންދާނެ. ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު މި ސެންޓަރުން ވަގުތުން ބަލައިލެވޭނެ. އަދި އެ ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކުރެވި އެނަލައިޒް ކުރެވެމުން ދާނެ." ކޮމިޝަނަރު އޮފް ޕޮލިސްގެ ބަސްދީގަތުމުން ފުލުހުން ޢާއްމުކުރި މައުލޫމާތު ތަކުގައި ވެއެވެ.

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މަސައްކަތްތަކާއެކު އެކުއެކީ، ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށްވެސް ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޮނިގަނޑަށް ބަދަލެއް ގެނެސް ފުލުހުންގެ ޚިދުމަތުން ވަނީ ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ހާއްސަ ވިންގެއް ވެސް ގާއިމް ކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement