ބޮޑު މޮޅަކާއިއެކު އޮސަސޫނާއިން ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން
ބޮޑު މޮޅަކާއެކު އޮސަސޫނާއިން ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފިއެވެ. އޮސަސޫނާއިން ބާސާގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން ގެނައީ ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު 4-2 ން ބާސާ ބަލިކޮށްގެންނެވެ. މިއީ ލަލީގާގެ މިސީޒަންގައި ބާސެލޯނާގެ ފުރަތަމަ ބައްޔެވެ.
އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އާންޓެ ބުޑީމިރް ވަނީ އޮސަސޫނާއަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ގޯލް 18 ވަނަ މިނިޓްގައި ކާމިޔާބު ކުރީ އޮސަސޫނާ އިންނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކުން އޮސަސޫނާ އަށް ބަދަލުވި ބްރްޔަން ޒަރަގޯޒާ ނައިދިން ހުރަހަކުން ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ބުޑީމިރް އެވެ. 10 މިނިޓްފަހުން 28 ވަނަ މިނިޓްގައި ކައުންޓަރ އެޓޭކެއްގައި އޮސަސޫނާއަށް ލީޑް ފުޅާކޮށްދިނީ ޒަރަގޯޒާއެވެ.
މެޗުގެ 53 ވަނަ މިނިޓްގައި އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ އަށް ހެދުނު ބޮޑުގޯހެއްއްގެ ފައިދާ ނަގާ ބާސެލޯނާއިން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ. ބާސާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޕައު ވިކްޓަރ އެވެ. ނަމަވެސް 72 ވަނަ މިނިޓްގައި އޮސަސޫނާއަށް ލިބުނު ޕެނަލްޓީ ބުޑީމިރް ވަނީ ކާމިޔާބު ކޮށްފައެވެ.
އޮސަސޫނާގެ ހަތަރުވަނަ ގޯލް 85 ވަނަ މިނިޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން އަބެލް ބްރެޓޯންސް އެވެ. ބާސެލޯނާގެ ފަރަގު 89 ނުވަވަނަ މިނިޓްގައި ކުޑަކޮށްދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއެވެ. އެއީ ފެރަން ޓޮރޭސް ދިން ޕާހެއް ގޯލްއޭރިޔާގެ އަރިމަތިން ފޮނުވާލައިގެންނެވެ.
ލަލީގާގެ ތާވަލްގެ ކުރީގައި 21 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. އެއި ދެވަނައިގައި އޮތް ވާދަވެރި ރިއަލް މެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރިއަލް މެޑްރިޑް އަތުގަ ބާސާއަށްވުރެ އިތުރަށް އެއް މެޗު ނުކުޅެ އޮތްއިރު, އެޓީމު އާދިއްތަ ދުވަހު ނިނުންނާނީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ރިއެކްޝަންސް