ބަޔާނުން ލީގުތަށި އުފުލާލި މެޗާއެކު 25 އަހަރު ކްލަބްގައި ހޭދަކުރި ތޯމަސް މުލާއަށް ވަދާއީ ޓްރިބިއުޓެއް
މުލާ, އަދި ދަނޑުގައި މުލާ އަށް ދިން ޓްރިބިއުޓް ފެންނަ ފޮޓޯއެއް. ފޮޓޯ: ބަޔާން މިއުނިކް

ބަޔާނުން ލީގުތަށި އުފުލާލި މެޗާއެކު 25 އަހަރު ކްލަބްގައި ހޭދަކުރި ތޯމަސް މުލާއަށް ވަދާއީ ޓްރިބިއުޓެއް

19 hours ago - 08:38
May 11, 2025 - 08:48

ބުންޑަސްލީގާގައި ހޮނިހިރުދުވަހު ކުޅުނު މެޗާއެކު ބަޔާން މިއުނިކުން ލީގު ތަށި އުފުލާލިއިރު، ބަޔާންގެ ސަޕޯޓަރުން ތޯމަސް މުލާއަށް ވަދާއީ ޓްރިބިއުޓެއް ދީފިއެވެ. ރޭގެ މެޗަކީ 25 އަހަރުވަންދެން ބަޔާންނަށް ކުޅެމުން އަންނަ މުލާ އެ ކްލަބަށް ކުޅެދިން ފަހު މެޗެވެ. 

ރަތާއި ހުދުން ތޯމަސް މުލާގެ ނަން ބޮޑުއަކުރުން ލިޔެފައިވާ ބޮޑު ޓިފޯ އަކާއެކު އެކި ފަހަރުމަތިން ބަޔާނާއެކު މުލާ އުފުލާލި ތަށިތައް ހިމެނޭ ފޮޓޯތަކާއެކު ސަޕޯޓަރުން ވަނީ ގޯލްގެ ފަހަތުގައި މުލާއަށް އޮތް ލޯތްބާއި އިހްތިރާމް ދައްކާލާފައެވެ. " 25 އަހަރު ވަންދެން އަހަރެމެންގެ ކުލަތަކަށް ކޮށްދިން ކަންތަކަށް" ލިޔެފައިވާ ބޮޑު ބެނާއެއްވެސް ސަޕޯޓަރުންވަނީ ދަނޑުގައި ދައްކާލާފައެވެ.

ރޭގެ މެޗުގައި ކްލަބްގެ އިސް އޮފިޝަލުންވެސް ދަނޑުގައި ހާޒިރުވެ ތިއްބެވެ.

ބަޔާނުން ލީގު ތަށި ކަށަވަރުކުރީ ފާއިތުވި ހަފުތާގައެވެ. ރޭ ތަށި ހަވާލުކުރުމުގެ ކުރިން ބޮރޫޝިއާ މޮންޝެންގްލަބެޗް އާ ދެކޮޅަށް ކުޅެ 2-0 ން މެޗު ކާމިޔާބުކުރީވެސް ބަޔާންއެވެ.

Advertisement
Advertisement

ރޭގެ މެޗަކީ ޖަރުމަނު ލީގުގައި ބަޔާނަށް މުލާ ކުޅެދިން 502 ވަނަ މެޗެވެ. 84 ވަނަ މިނިޓްގައި މުލާ ބަދަލުކުރުމާއު އެކު ސަޕޯޓަރުންގެ ތާއީދުގެ އަޑުން މުޅިސްޓޭޑިއަމް ގުގުމާލިއެވެ. ދަނޑުން ފޭބުމުގެ ކުރިން މުލާ ވަނީ ބަޔާނުގެ ކޮންމެ ކުޅުންތެރިއަކާ ސަލާމްކޮށް ބައްދާލާފައެވެ. އަދި ދަނޑުން ފޭބުމުގެ ކުރިން އޭނާވަނީ ސަޕޯޓަރުންނަށް ކިސްއެއްވެސް ވެސް ވަނީ ފޮނުވާލާފައެވެ. ދަނޑުން ފޭވި ވަގުތު ބަދަލު ކުޅުންތެރިންވަނީ މުލާއަށް ގާޑް އޮފް އޮނަރ އެއްވެސް އަރުވާފައެވެ.

"އަހަރެމެން އެންމެންނަށްވެސް އެނގޭ މިވަގުތުކޮޅު އަންނާނެކަން. އަހަންނަށްވެސް. އެކަމަކު މިއީ އުދަނގޫ އަދި އެހާމެ ރިތި ވަގުތެއް. ތި ދިން ލޯތްބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން މިހުރީ ދެރަވެފައެއްނޫން" ސަޕޯޓަރުންނަށް އެނބުރި ހުރެ މުލާ ބުންޏެވެ.

ސީޒަން ނިންމާ ބަޔާނުގައި 25 އަހަރު ހޭދަކުރުމަށްފަހު މުލާ ކްލަބް ދޫކޮށްލަނީ 13 ލީގު ތައްޓާއެކުއެވެ. އެއީ ރެކޯޑެކެވެ. 2000 ވަނަ އަހަރު މުލާ ބަޔާން އާ ގުޅުނުއިރު އޭނާގެ އުމުރަކީ އެންމެ 10 އަހަރެވެ.

މި ސީޒަން ނިމުމާއެކު މުލާ ބަޔާން ދޫކޮށްލާނެކަން ކްލަބުން އިއުލާންކުރީ ހުސްވި އެޕްރީލް މަހުއެވެ. ބަޔާން އާއެކު އިތުރަށް ކުރިއަށް ދިއުމަށް މުލާ ބޭނުންވި ނަމަވެސް ބަޔާނުގެ މެނޭޖްމަންޓުން ނިންމީ މުލާގެ ކޮންޓްރެކްޓް އާ ނުކުރާށެވެ. 

ބަޔާނުގެ ސީނިއަރ ޓީމާއެކު މުލާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2008 ވަނަ އަހަރު ޖާގަން ކްލިންސްމަންގެ އިރުޝާދުގެ ދަށުންނެވެ. އޭގެ ފަހުން ލުއީ ވެންހާލްގެ އިރުޝާދުގެ ދަށުން ދަރުވަރުވި މުލާ ވަނީ ބަޔާނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 200 ގޯލާއި 200 އަށްވުރެ ގިނަ ގޯލް ޖެހުމަށް މަގުފަހުކޮށްދީފައެވެ. މުލާ އަކީ ބަޔާނަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާވެސް މެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow