މަރަޑޯނާ އަށް ފަރުވާކުރި ކްލިނިކް ފުލުހުން ރެއިޑްކޮށް މެޑިކަލް ރެކޯޑުތައް ގެންގޮސްފި
މަރަޑޯނާގެ ރަންޒަމާނުގެ ފޮޓޯއެއް. ފޮޓޯ;]: ބީބީސީ

މަރަޑޯނާ އަށް ފަރުވާކުރި ކްލިނިކް ފުލުހުން ރެއިޑްކޮށް މެޑިކަލް ރެކޯޑުތައް ގެންގޮސްފި

12 hours ago - 04:08
May 8, 2025 - 05:49

ޑިއެގޯ މަރަޑޯނާއަށް ފަރުވާކުރި ކްލިނިކް ރެއިޑްކޮށް އެތާނގައި ހުރި އޭނާގެ މެޑިކަލްރެކޯޑްސް  ކޯޓުއަމުރެއްގެ ދަށުން އާޖެންޓީނާގެ ފުލުހުން ގެންގޮސްފިއެވެ. މެޑިކަލް ރެކޯޑްސް ހޯދުމަށް ފުލުހުންވަނީ އެއްރޭ ވަންދެން ވެރިރަށް ބީނޯސް އެއިރީސްގައި ހުންނަ ކްލިނިކެއް ބަލާ ފާސްކޮށްފައެވެ. 

 ކުރީގެ ފުޓްބޯޅަ ލެޖެންޑްގެ 'ސުވާލު އުފެދިފައިވާ' ކުއްލި މަރުގައި މެރަޑޯނާގެ ފަރުވާއަށް އިހްމާލުވެފައިވާކަމަށްބުނާ 7 ސިއްހީ ހިދުމަތްތެރިންނާ ދެކޮޅަށް ކޯޓުގައި މިހާރު ކުރިއަށްދާ ދައުވާ އާ ގުޅިގެން  ކޯޓުގެ އެންގުމަށް ފުލުހުންވަނީ މެރަޑޯނާގެ ސިއްހީ ފަރުވާއާގުޅޭ ހުރިހާ ފައިލެއް ގެންގޮސްފައެވެ.

ލޮސް އޮލީވޮސް ކްލިނިކްގެ މެޑިކަލް ޑައިރެކްޓަރު, ޕަބްލޯ ޑިމިޓްރޯފް ވަނީ ކްލނިކްގެ ނިއުރޯ ސަރޖަން މަރަޑޯނާގެ އޮޕަރޭޝަނެއް ކުރުމުގެ ކުރިން ޕްރީ-ސަރޖިކަލް ސްޓަޑީއެއް ހެދިކަމަށް އެއްބަސްވެފައެވެ. 

ނަމަވެސް މި ސްޓަޒީގައި މެރަޑޯނާގެ ކުރީގެ މެޑިކަލް ހިސްޓްރީ ހިމަނާފައި ނެތުމުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 އާ 11 އާ ދެމެދުގެ މަރަޑޯނާގެ މެޑިކަލް ހިސްޓްރީ ފެންނަށް ހުރި ހުރިހާ ލިޔުމެއް ހޯދުމަށް އަމުރުކޮށްފައެވެ.

Advertisement
Advertisement

ނޮވެމްބަރު މަހު 4 ން 11 އަށް މަރަޑޯނާވަނީ  އެ ކްލިނިކްގައި ހެމަޓޯމާ ސާޖަރީ އެއް ހަދާ އިންޓެންސިވް ކެއަރ ޔުނިޓްގައި ފަރުވާ ދީފައެވެ. އެއީ ބޮލުގެ ނާށިގަނޑާއި ސިކުނޑިއާ ދޭތެރޭގައި ކުރާ ނާޒުކު ސާޖަރީއެކެވެ. އޭގެފަހުން ރިކަވަރީއަށް މަރަޑޯނާ ފޮނުވާފައިވަނީ އޭނާގެ އަމިއްލަ ގެއަށެވެ. 

މެރަޑޯނާ މަރުވެފައި އޮށްވާ ފެނުނީ 2020, ނޮވެމްބަރު 25 ވަނަ ދުވަހު އެގޭގައެވެ އޭރު މަރަޑޯނާގެ އުމުރަކީ 60 އަހަރެވެ.

ފުލުހުންގެ ރެއިޑް މެންދަމުން ފެށިގެން ހަތަރުގަޑިއިރަށް ކުރިއަށް ގެންގޮސް ނިންމާލީ ހަތަރު ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހުއެވެ. ފުލުހުން ބުނިގޮތުގައި މެރަޑޯނާގެ ސިއްހަތާގުޅޭ 275 ސަފްހާގެ އާކައިވްސް, އަދި ސިއްހީ ހިދުމަތްތެރިންގެ މެދުގައި ބަދަލުކޮށްފައިވާ 547 އީ-މެއިލް ވަނީ  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މައްސަލާ އާ ގުޅޭ އަޑުއެހުމެއް ދެން އޮންނާނީ މިއަދުއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow