އާސެނަލް ބަލިކޮށް, ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް
މެޗަށްފަހު ޕީއެސްޖީގެ ކުޅުންތެރިން ސަޕޯޓަރުންނާ ކުރިމަތިލާ އުފާފާޅު ކުރަނީ. ފޮޓޯ: ޗެމްޕިއަންސް ލީގު

އާސެނަލް ބަލިކޮށް, ޕީއެސްޖީން ޗެމްޕިއަންސް ލީގު ފައިނަލަށް

13 hours ago - 03:03
May 8, 2025 - 05:51

ފަބިއަން ރުއިޒް އަދި އަޝްރަފް ހަކީމީގެ ގޯލްތަކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި 2-1ން އާސެނަލް ބަލިކޮށް, ފްރާންސްގެ ޕެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީން) ފައިނަލަށް ދަތުުރުކޮށްފިއެވެ. ބުދަ ދުވަހު ކުޅުނު ދެވަނަ ލެގުވެސް ކާމިޔާބުކޮށް ޕީއެސްޖީ ފައިނަލަށް ދަތުރުކުރީ 3-1 ގެ އެގްރެގޭޓުންނެވެ.

މުޅިން އަލަށް ޗެމްޕިއަންސް ލީގު ހޯދުމުގެ ދަތުރުގައި ޕީއެސްޖީން ފައިނަލްގައި ވާދަކުރާނީ އިޓަލީގެ ގަދަބާރު އިންޓަމިލާން އާއެވެ. އިންޓަރ އިންވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު އުފުލާލާފައެވެ. ފައިނަލް އޮންނާނީ މިއުނިކްގައި މެއި 31 ގައެވެ.

ޕީއެސްޖީގެ ޕާކް ޑި ޕްރިންސެސްގައި ކުޅުމު މެޗަށް ނިކުތުމުގެ ކުރިންވެސް ޕީއެސްޖީއަށް ފުރަތަމަ ލެގުގައި 1-0 ން މޮޅުވުމުގެ ފައިދާ އޮތެވެ. ރޭގެ މެޗުގެ ކުރީކޮޅު ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅުނީ އާސެނަލްއިންނެވެ. ނަމަވެސް ޕީއެސްޖީގެ ގޯލް ކީޕަރު ޖިއައުންލުޖީ ޑޮނަރުއްމާ ވަނީ މުހިއްު ސޭވްތަކެއްކޮށް އާސެނަލްއިން މެޗުގެ ކޮންޓްރޯލް ނެގިއަނުދީ ސަލާމަތްކޮށްފައެވެ.

އާސެނަލްއަށް ލިބުނު ފުރުޞަތު ތަކުގެ ބޭނުން ރަނގަޅަށް ނުހިފި އުޅެނިކޮށް މެޗުގެ 27 ވަނަ މިނިޓްގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ފަބިއަން ރުއިޒްއެވެ. ވައަތު ފައިން ފޮނުވާލި ރީތި ޝޮޓް ގޯލްގެ ދާގަނޑަށް މެހިގެން ދިޔައިރު ކީޕަރު ޑޭވިޑް ރާޔާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

Advertisement
Advertisement

ނަމަވެސް ރާޔާ ވަނީ މެޗުގެ 69 ވަނަމިނިޓްގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ މަތަކޮށްފައެވެ. ޕެނަލްޓީ ނެގީ ވިޓީނާއެވެ. އަޝްރަފް ހަކީމީގެ ހިތްގައިމު ގޯލް ފެނިގެންދިޔައީ އޭގެ އެންމެ ތިން މިނެޓް ފަހުންނެވެ. އޮސްމާން ޑެމްބެލޭ ނަގައިދިން ބޯޅަ ގޯލާ އަމާޒް ވުމާއެކު ނަތީޖާ 2-0 ށް ބަދަލުވެ ޕީއެސްޖީއަށް އިތުބާރު ލިބިގެން ދިޔައެވެ.

މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލް 76 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބުކާޔޯ ސަކާއެވެ. އޭގެ ފަހުން ސަކާއަށް ލިބުނު ރީތި ޗާންސެއް ގޯލްގެ ހުރަސްދަނޑި ވަނީ ބޭރުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow