ސަންލޭންޑް ނަޒީރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ސަންލޭންޑް ނަޒީރު

ސަންލޭންޑް ނަޒީރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އަވަހާރަވީ އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

11 months ago - 06:38
May 11, 2025 - 06:38
Advertisement
Advertisement

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިޔާ ސަންލޭންޑް ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ނަޒީރު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްފަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައި އިނގިރޭސި ވިލާތުގައެވެ. މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަކީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އެވެ.

ސަންލޭންޑް ކުންފުނީގެ އެއް ހިއްސާދާރަކީ ނަޒީރުއެވެ. އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ދެން ތިއްބަވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ. ސަންލޭންޑްގެ ދަށުން ހިނގާ ރިސޯރޓްތަކުގެ ތެރޭގައި ކޮކޯ ޕާމް ބޮޑު ހިއްޗާއި, ކޮކޯ ޕާމް ކުޑަހިއްޗާއި, ކޮކޯ ޕާމް ދުނިކޮޅު ހިމެނެއެވެ. އެހެން ރިސޯރޓްތައްވެސް ސަންލޭންޑް ކުންފުނިން  ހިންގަވައެވެ. ނަޒީރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ތަޖުރިބާބޮޑު އެއް ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ފާހަގަކުރެއްވީ ނަޒީރަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ ބޭފުޅެއް ކަމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement