ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް, ހަނިގޮތަކަށް ސްކޮޓްލޭންޑް އަތުން ޕޮލަންޑް މޮޅުވެއްޖެ
ސްޕެއިންއާ ސާބިއާ އެއްވަރު
ޔުއެފާ ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހު ޕޮލެންޑުން ސްކޮޓްލޭންޑާ ވާދަކުރި މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން 2-3 ން ޕޮލަންޑް މެޗް ކާމިޔާބުކޮށްފިއެވެ. މެޗުގެ އިތުރު ވަގުތުގެ 7 ވަނަ މިނިޓްގައި ސްކޮޓްލޭންޑްގެ ޑިފެންޑަރަކު ޕޮލަންޑްގެ މިޑްފީލްޑަރ ނިކޮލާ ޒަލެއޮސްކީ ކުރި ފައުލާކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީވެސް ޒަލެއޮސްކީއެވެ.
މެޗުގައި ޕޮލަންޑްގެ ދެވަނަ ގޯލްވެސް ފުރަތަމަ ހާފު ނިމެންދަނިކޮށް 44 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވެސް ޕެނަލްޓީއަކުންނެވެ. ޒަލެއޮސްކީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ޕޮލަންޑަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީއެވެ.
ޕޮލަންޑްގެ ފުރަތަމަ ގޯލް މެޗުގެ 8 ވަނަ މިނިޓްގައި ލެވަންޑޮސްކީ ދިން ކުރު ޕާހެއްގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ސަބާސްޓިއަން ޒައިމަންސްކީ އެވެ.
ސްކޮޓްލޭންޑްގެ ފުރަތަމަ ގޯލް ފަހު ހާފުގެ ދެވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބިލީ ގިލްމޯއެވެ. އަދި 76 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ސްކޮޓް އެމްސީޓޮމިނޭ އެވެ.
ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ޑެންމާކް ވަނީ ސްވިޒަލޭންޑް އަތުން 0-2 ން މޮޅުވެފައެވެ. ސްޕެއިން އާއި ސާބިއާ ކުޅުނު މެޗް އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ކާބިޔާބު ނުކުރެވިއެވެ.
ރިއެކްޝަންސް