ފުލުހުންނާމެދު އުފެއްދި އިތުބާރު އަނެއްކާވެސް ގެއްލިއްޖެ- މެމްބަރު ފިއްޓޭ
މެމްބަރު ފިއްޓޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަނީ: ފޮޓޯ-އެމްޑީޕީ

ފުލުހުންނާމެދު އުފެއްދި އިތުބާރު އަނެއްކާވެސް ގެއްލިއްޖެ- މެމްބަރު ފިއްޓޭ

11 days ago - 10:15
Advertisement

 

ފުލުހުންނާމެދު އުފެއްދި އިތުބާރު އަނެއްކާވެސް ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން މެމްބަރު ފިއްޓޭ އިޝާރާތް ކުރެއްވީ މިދިޔަ ސަރުކާރުގައި ފުލުހުންގެ މުއައްސަސާއާ މެދު އިތުބާރު އުފައްދަން މަސައްކަތްތަކެއް ކުރެއްވި ކަމެވެ. ނަމަވެސް މިސަރުކާރު ހަވާލުވެ, މިއަދާ ހަމައަށް އައިއިރު އެ އިތުބާރުވެސް ގެއްލެމުންދާކަމަށް ވިދާޅުވިއެވެ.

" އެހެންމަމަވެސް މިއަދާ ހަމައަށް އޮތް އިތުބާރުވެސް އެ ބީއެމްއެލް ބަޣާވާތަށްފަހު ކޮމިޝަނަރާ މެދު ހަމަގައިމުވެސް ނެތް" ފިއްޓޭ ވިދާޅުވިއެވެ.

Advertisement

މެމްބަރު އިޝާރާތް ކުރެއްވީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށް ބޭންކުން ނިންމި ނިމްމުމަކީ ސަރުކާރު ބަދަލުކުރަން އިދިކޮޅު ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ބުނެ ފުލުހުން ބަޔާން ނެރުނު މައްސަލައަށެވެ. އަދި އެކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނުމުންނެވެ. މެމްބަރު ވިދާޅުވީ އެއީ ކޮމިޝަނަރު އިސްނަންގަވާ ނެރުއްވި ބަޔާނެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ހިތުގައި މިހާރު ފުލުހުންނާމެދު ޝައްކު އުފެއްދިއްޖެ ކަމަށް މެމްބަރު ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ ފުލުހުންގެ މުއައްސަސާއާމެދު އިތުބާރު އުފައްދަން މިއަދާ ހަމައަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް އައީ ކުރަމުން ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement