ޒަކާތު ފަންޑުން ފަލަސްތީނަށް ފޮނުވަން ނިންމި އެހީ ހަވާލުކުރުން ލަސްވަނީ އިޖުރާއީ ކަންތައްތަކެއްގެ ސަބަބުން - ޝަހީމް
ޒަކާތު ފަންޑުން ފަލަސްތީނަށް ފޮނުވަން ނިންމި އެހީ ހަވާލުކުރުން ލަސްވަނީ އިޖުރާއީ ކަންތައްތަކެއްގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެކަމާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެއް ލައްކަ ޑޮލަރު ފޮނުވުން ހަގީގަތުގައި ކުޑަކޮށް ލަސްވެއްޖެ ކަމަށެވެ.
ޒަކާތު ފަންޑުން ފަލަސްތީނަށް އެހީގެ ގޮތުގައި ފޮނުވަން ނިންމީ އެއްލައްކަ ޑޮލަރެވެ. އެއެއީ ފަލަސްތީނަށް ފޮނުވަން ސަރުކާރުން ނިންމީ ގަތަރު ރެޑްކްރެސެންޓް މެދުވެރިކޮށެވެ. މިނިސްޓަރ ވިދާޅުވީ ބޭރަށް ފޮނުވަން ޖެހޭ ފައިސާއަކަށް ވުމުން, އެހީ ފޮނުވުން އޮންނަނީ ބޭނުންވާ ވަރަށް އެކަން އަވަސް ކުރެވޭ ގޮތަށް ނޫން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެހީ ހަވާލުކުރަން ޤަތަރު ރެޑްކްރެސެންޓަށް ރަސްމީކޮށް ހުށަހެޅުމުން ބޭރު ގައުމުތަކަށް ފޮނުވާ އެހީއާ ހަވާލުވުމުގައި ޤަތަރު ރެޑްކްރެސެންޓުންވެސް އިޖުރާއަތު ތަކެއް ހުންނަ ކަމަށެވެ.
"އަޅުގަނޑުމެން އެހީ ހުށަހެޅީމަ އެބޭފުޅުން އަޅުގަނޑުމެންނަށް ފޮނުވީ އެގްރީމެންޓެއް. ޤަތަރުގެ ސަރުކާރުން މިހާރު މިކަންތައްތައް ވަރަށްބޮޑަށް ހަރުދަނާ ކޮށްފަ އޮންނަނީ. އެގްރިމެންޓް ފޮނުވީމަ އަޅުގަނޑުމެންގެ އޭޖީއަށް ފޮނުވައިގެން, އެބޭފުޅުންގެ ކޮމެންޓްސް ނަގާ އަނެއްކާ އެކޮމެންޓްސް ޤަތަރަށް ފޮނުވާ އެކަހަލަ އިޖުރާއީ ކަންތަތަކާ ހުރެ ލަސްވަމުން ދަނީ." މިނިސްޓަރ ވިދާޅުވިއެވެ.
އެކަމަކު މިހާރު އެކަންކަން ނިމިފައިވާކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ވިދާޅުވީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެހީ ފޮނުވުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.
ރިއެކްޝަންސް