ނުރައްކަލަކަށް ވާވަރަށް ރާއްޖޭގައި ހަރުކަށި ފިކުރެއް ނެތް- މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ނުރައްކަލަކަށް ވާވަރަށް ރާއްޖޭގައި ހަރުކަށި ފިކުރެއް ނެތް- މިނިސްޓަރ ޝަހީމް

1 day ago - 14:40
Advertisement

ނުރައްކަލަކަށް ވާވަރަށް ރާއްޖޭގައި ހަރުކަށި ފިކުރު ނެތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. އެމިނިސްޓްރީގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރާއްޖެއަކީ ހަރުކަށި ފިކުރުގެ ކަންތަކުގައި އެންމެ ރަނގަޅު ހާލަތުގައި އޮތް އެއް ގައުމު ކަމަށެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރު ބައެއް އަފްރާދުންގެ ހުރި ނަމަވެސް ގައުމީ ފެންވަރެއްގައި އެއީ ގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމަނިކުފާނަށް ފާހަގަ ނުކުރެއްވޭ ކަމަށެވެ. އެހެން ބައެއް ގައުމުތަކާ އަޅާ ބަލާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ވެފައިވާ ކަމަށެވެ.

"ރާއްޖޭގައި ހިޔާލުތަފާތުވުންތަކެއް އެބަހުރި. އެކަންތައްތަކަށް އިލްމީ ގޮތުން ހައްލު ހޯދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެގޮތުން ދިވެހިރާއްޖޭގައި މިހާތަނަށްވެސް އިލްމީ ގޮތުން އެކަމަށް ހައްލު ހޯދާފަހުރީ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގެ ބައެއް ރަށްރަށުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިޔަ ނަމަވެސް އެކަންވެސް, މިހާރު ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ  އެކަންތައްތަކަށް ހައްލު ލިބުނީ އިލްމީ ގޮތުން ވާހަކަ ދައްކައިގެން ކަމަށެވެ. އެފަދަ ކަންކަން ހައްލުވާނީ ރަނގަޅު އިލްމް ފޯރުކޮށްދީގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ ހަރުކަށި ފިކުރުގެ ކަންތަކުގައި ކުރިން ރާއްޖޭގައި އޮތް ހާލަތު މިހާރު ނެތްކަމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement