ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތަށް ޤާނޫނުތައް ބަދަލުކުރަން ރައީސް އަންގަވައިފި
ރައީސް ޑރ.މުހައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތަށް ޤާނޫނުތައް ބަދަލުކުރަން ރައީސް އަންގަވައިފި

10 days ago - 16:41
Advertisement

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ގޮތަށް ޤާނޫނުތައް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެމަނިކުފާނު މިއަދު ސޯޝަލް މީޑިޔާގެ މަންސަތައް މެދުވެރިކުރައްވާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވަން ޖާގަ ނުދެއްވާނެ ކަމަށެވެ. އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު އަންގަވާފައިވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ ރޭ ދަންވަރު ރޭސް ކާރަކުން ޖެހި ސައިކަލެއްގައި ދުއްވާފައި ދިޔަ ޒުވާނަކު މަރުވެފައި ވަނިކޮށެވެ. އެހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. ރައީސް ވަނީ ރޭގެ ހާދިސާގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާކުރައްވާފައެވެ.

https://x.com/MMuizzu/status/1831997201129869773

Advertisement

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށެވެ. ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ބާރުސްޕީޑްގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލް ނުވެ, ހުޅުމާލޭގެ މަގެއްގެ އެއްފަރާތުގައި ސައިކަލްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement