ރާއްޖޭގެ ވަޒީރުން ސްރީލަންކާގެ ރައީސްއާއެކު މަޝްވަރާތައް ކުރިއަށް ގެންދަވައިފި
ޑިފެންސް މިނިސްޓަރ ޣައްސާން ސްރީލަންކާގެ ރައީސްއާ ބައްދަލުކުރަނީ: ފޮޓޯ-ޑިފެންސް މިނިސްޓްރީ

ރާއްޖޭގެ ވަޒީރުން ސްރީލަންކާގެ ރައީސްއާއެކު މަޝްވަރާތައް ކުރިއަށް ގެންދަވައިފި

13 hours ago - 19:51
Jul 29, 2025 - 19:51
Advertisement
Advertisement

ރާއްޖޭގެ ވަޒީރުން ސްރީލަންކާގެ ރައީސް އަނިރާ ކުމާރާ ޑިސަނަޔަކަ އާއެކު މަޝްވަރާތައް ކުރިއަށް ގެންދަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސްއާއެކު މިއަދު ދިވެހި ސަރުކާރުގެ ބައެއް ވަޒީރުން އެވުޒާރާތަކުގެ ދާއިރާއިން މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

މިއަދު މަޝްވަރާތައް ކުރިއަށް ގެންދެވީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި, ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް އާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި, އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު އެވެ.

ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި, ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް އެދެވުޒާރާގެ ވަޒީރު ސްރީލަންކާގެ ރައީސްއާއެކު ކުރިއަށް ގެންދެވިއެވެ. ފިނޭންސް އެންޑް ޕޭނިންގ މިނިސްޓަރ މޫސާ ޒަމީރު ވަނީ ތަރައްޤީ އާއި އިގްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރު ކުރުމުގެ މަޝްވަރާތައް ކުރައްވާފައެވެ.

Advertisement
Advertisement

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވަނީ ވިޔަފާރީގެ ދާއިރާއިން އެހީތެރިކަން އިތުރުކުރުމުގެ މަޝްވަރާތައް ކުރައްވާފައެވެ. ވަޒީރުން ސްރީލަންކާގެ ރައީސްއާ ބައްދަލުކުރެއްވީ ކުރުނބާ މޯލްޑިވްސްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement