ޔާއޮ ފެލިކްސް ޗެލްސީ ދޫކޮށް 2 އަހަރަށް އަލް-ނަޞްރަށް
ޔާއޮ ފެލިކްސް. ފޮޓޯ: ފުޓްބޯލް ޓްރާންސްފަރސް

ޔާއޮ ފެލިކްސް ޗެލްސީ ދޫކޮށް 2 އަހަރަށް އަލް-ނަޞްރަށް

13 hours ago - 19:22
Jul 29, 2025 - 19:52

ޗެލްސީ ދޫކޮށް ޔާއޮ ފެލިކްސް އެންމެފަހުން ދެ އަހަރުދުވަހުގެ ޑީލަކަށް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ނަޞްރަށް ސޮއިކޮށްފިއެވެ. ކްލަބުން އެކަން ޔަޤީންކޮށްދީފައިވަނީ މިއަދު އެވެ.

އަލް-ނަޞްރާ ފެލިކްސް ގުޅުނީ ކިހާވަރެއްގެ މުސާރައަކަށް ކަމެއް ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މުސާރާ އާއި އެހެނިހެން ކަންކަމާއެކު ފެލިކްސްގެ މުސާރަ 50 މިލިއަން ޔޫރޯ (58 މިލިއަން އެމެރިކާ ޑޮލަރު) އަރާނެއެވެ.

"އެކުގައި ކާމިޔާބީ ހޯދަމާ...ޔާއޮ ފެލިކްސް އަކީ މިހާރު އަލް ނަޞްރުގެ ކުޅުންތެރިއެއް" ފެލިކްސްގެ ކުރު ވީޑިއޯއެއް މީސްމީޑިއާގެ އެކްސްގައި ހިއްސާކުރަމުން އަލް ނަޞްރުން ފެލިކްސް ކްލަބާ ގުޅުނުކަން އިއުލާންކޮށްފައި ވެއެވެ.

ފެލިކްސް ކުރިންކުޅުނު ޕޯޗުގަލްގެ ބެންފީކާއިން އަލުން އަނބުރާ އޭނާ ހޯދަން މަސައްކަތްކުރިނަމަވެސް ޗެެލްސީއާއެކު އެއްބަސްވުމަކަށް އާދެވޭގޮތް ވަނީ ނުވެފައެވެ. އަލް-ނަޞްރާ ގުޅުމަށްފަހު 25 އަހަރުގެ ފެލިކްސްވެސް ބުނެފައި ވަނީ އޭނާވެސް ހުރީ ކްލަބާއެކު ކާމިޔާބީ ހޯދުމުގެ އަޒުމުގައި ކަމުގައެވެ.

Advertisement
Advertisement

ފެލިކްސް މިހާރުވަނީ އޮސްޓްރިއާގެ ސާލްފެޑެންގައި ކުރިއަށްދާ އަލް-ނަޞްރުގެ ޕްރީ ސީޒަން ޓްރެއިނިންގ ކޭމްޕާ ގުޅިފައެވެ. އަލް ނަޞްރުގައި އޭނާއަށް ކޯޗުކޮށްދޭނީ ކްލަބާ އަލަށް ގުޅުނު ޕޯޗުގަލްގެ ޔޯޖް ޖީސަސްއެވެ. އަދި ޕޯޗުގަލްގެ ގައުމީ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާވެސް އެކުއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow