ޓްރަމްޕް 2026 ވޯލްޑްކަޕް ޓާސްކްފޯސް ލީޑުކުރަނީ
2026 ގެ ވޯލްޑްކަޕްގައި ބޭނުންކުރާ ބޯޅަ އިންފަންޓީނޯ ޓްރަމްޕްއަށް ހަދިޔާކުރަނީ

ޓްރަމްޕް 2026 ވޯލްޑްކަޕް ޓާސްކްފޯސް ލީޑުކުރަނީ

1 day ago - 13:37
Mar 8, 2025 - 13:46

އެމެރިކާ, ކެނަޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓާސްކޯފްސް އެއް އެކުލަވާލައިފިއެވެ.

"ޓެންޝަނަކީ ރަނގަޅު ކަމެއް. އަހަންނަށް ހީވަނީ އެކަމާހުރެ ވޯލްޑްކަޕްގެ ފޯރިވެސް މާގަދަވެދާނެހެން" ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އިޝާރާތްކޮށް ޓްރަމްޕް ބުނެފައިވެއެވެ.

ވެރިކަމަށް އައުމުގެ ކުރިން ފެށިގެންވެސް ޓެރިފް އާއި އެހެނިހެން ދޭދޭ ޤައުމުތަކުގެ ހައްސާސް މައްސަލަތަކުގައި ޓްރަމްޕް އަންނަނީ ކެނަޑާ އަދި މެކްސިކޯ އާ އަރާރުންވަމުންނެވެ.

ޓާސްކްފޯސް ޗެއަރ ކުރާނީ ޓްރަމްޕްއެވެ. އެއީ ފެޑެރަލް ސަރުކާރުތަކާ ގުޅިގެން ސަލާމަތި ކަންކަމާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށް އެކުލަވާލި ޓާސްކްފޯސް އެކެވެ.

Advertisement
Advertisement

ފީފާގެ ގަވަރނިންގް ބޮޑީގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ޓްރަމްޕް ބުނެފައިވަނީ އޭނާގެ ޤައުމުގައި ވޯލްޑްކަޕް ބޭއްވުމަކީ ބޮޑު ޝަރަފެއް ކަމުގައެވެ.

2026 ގެ ވޯލްޑް ކަޕްގައި 48 ޓީމު ފުރަތަމަ ފަހަރަށް ބައިވެރިވާއިރު ޖުމްލަ 104 މެޗު ކުޅޭނެއެވެ. އެތަނުން 78 މެޗު ކުޅޭނީ އެމެރިކާގައެވެ. މެކްސިކޯ އަދި ކެނަޑާ ގައި ކޮންމެ ޤައުމެއްގައިވެސް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ 13 މެޗެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 19 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ޓްރަމްޕް އެކުލަވާލީ ޓާސްކްފޯސްއިން ވޯލްޑްކަޕަށް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ދަތުރުކުރާ ހަމަ ކޮންމެ މީހެއްގެ ސަލާމަތީ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓާނެ ކަމަށްބުނެފައެވެ.

ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ވޯލްޑްކަޕް 2026 ގައި ބޭނުންކުރާ ޙާއްސަ ބޯޅައި ޕާސަނަލައިޒްޑް ބޯޅައެއް ޓްރަމްޕްއަށް ހަދިޔާކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow