މި ޤައުމުގެ ޖުޑިޝިއަރީ ފުނޑާލާ ކޯޓުތަކަށް އެންމެބޮޑަށް ނުފޫޒު ފޯރުވީ ޔާމީން: މެމްބަރު ފަލާޙް
މަޖިލީހުގެ ޖަލްސާއެއްގައި ފަލާހް ވާހަކަދައްކަނީ. ފޮޓޯ: ދި މޯލްޑިވްސް ޖާނަލް

މި ޤައުމުގެ ޖުޑިޝިއަރީ ފުނޑާލާ ކޯޓުތަކަށް އެންމެބޮޑަށް ނުފޫޒު ފޯރުވީ ޔާމީން: މެމްބަރު ފަލާޙް

1 day ago - 14:01
Mar 8, 2025 - 14:27

މި ޤައުމުގެ ޖުޑިޝިއަރީ ފުނޑާލާ, ކޯޓްތަކުގެ ފުރާޅުން ޓިނުނަގާ, ކޯޓްތަކަށް އެންމެ ބޮޑަށް ނުފޫޒުފޯރުވީ ކުރީގެ ރައީސް އަބްދުالله ޔާމީން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ބުނެފިއެވެ.

މީސް މީޑިއާގެ މަންސަ, އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަލާޙް ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށާއި, ތަފާތަކީ ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކަށް "އަތާއި ފައި ނުބޭނުން" ކަމުގައެވެ. ކުރީގެ ރައީސް ޔާމީނުގެ އިތުރުން އޭރުގެ ފަސްޓްލޭޑީގެ "އަތާއި ފައިވެސް" ބައެއްފަރު 18 ވަނަ މަޖިލީހުގައި އޭނާ އުޅުއްވި އިރު އޮންނަނީ މަޖިލީހުގެ ފްލޯގައި ކަމުގައިވެސް ފަލާހް ގެ ޕޯސްޓްގައި ވިދާޅުވިއެވެ. 

އަދި އަނިޔާވެރިކަމުގެ ވާހަކަ ޔާމީނު ދައްކާތީ އަޖައިބުވާކަމަށާއި, ޖުޑިޝަރީ އާއި ކޯޓްތަކުގެ ވާހަކައިގެ އިތުރުން ވައްކަމުގެ ވާހަކަ ޔާމީނު ދައްކާތީ އެކަމާ މާ ބޮޑަށް އަޖައިބު ވާކަމުގައިވެސް ފަލާޙް ވިދާޅުވިއެވެ. 

"ބައެއްފަހަރު ހިތައް އަރާ މިވާހަކަތައް މިދައްކަނީ ހަމަ ޢަބްދުالله ޔާމީނު ބާއޭ! މިޤައުމުގެ 15 އަހަރުން މަތީގެ ކޮންމެ މީހަކާ ސުވާލުކޮށްބަލަ އެންމެ ބޮޑު ޚިޔާނާތެއް ވީ ކާކުތޯ! މި ޤައުމުގެ ޖުޑިޝިއަރީ ފުނޑާލާ, ކޯޓުތަކުން ޓިނުނަގާ, ކޯޓުތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ކާކުތޯ! މިޤައުމުގެ 12 މަޖްލިސް މެމްބަރުން މަގުމަތިކޮށް, 2 އަހަރުވަންދެން މަޖިލީހަށް ވަނަނުދީ, އަނިޔާކޮށް މަޖިލިސް ހިޞާރުކުރީ ކާކުތޯ! ޖަބާވަކީ ހަމަޔާމީނު" ފަލާހްގެ ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ. 

އޭނާ އިތުރަށް ވިދާޅުވީ މިޤައުމުގެ ބައިތުލްމާލު "ދަވާލާ" އެތައް ސަތޭކަ މިލިއަން ޑޮލަރު އަމިއްލަ އެކައުންޓް ތަކަށް ޖަމާކޮށްލީވެސް ހަމަ ޔާމީން ކަމުގައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow