މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި
ރައީސް ޑރ.މުހައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

ޤާނޫނާއި ގަވާއިދުތަކުގައި ހަރުކަށި ފިޔަވަޅު އަޅަން ހިމަނާނެ

10 days ago - 23:45
Advertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ކަމާގުޅުންހުރި އިދާރާތަކަށް އަޅަން އެންގެވި ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ޢާއްމުވެސް ކުރައްވާފައެވެ. މަގުތަކަކީ އެންމެނަށްވެސް އަމާންމަކާއެކު ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް އަޅުއްވާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމުމރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި އިތުރު ގިނަ ފިޔަވަޅުތަކެއް އަޅުއްވަންވެސް ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ. އެގޮތުން އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ފިޔަވަޅުތަކަކީ: 

- ރޭސިންގ އަދި ޑްރިފްޓިންގ އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުން ކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެޗްޑީސީން ދީފައިވާ ހުއްދަ ބާތިލްކުރުން

Advertisement

- ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ, އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން

- ވަކި ހޯސްޕަވަރަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ޢާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން

- ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭނުގެ މަސައްކަތް އަވަސް ކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި, ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން

- ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމެއް ތަޢާރަފްކުރުމާއި, ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސް އިން ޕޮއިންޓް ކަނޑަން ފެށުން

- މަގުމަތީގެ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާ ކުރުން

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެ ކަމަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ކަމާގުޅުންހުރި އިދާރާތަކަށް މިއެންގެވީ ރޭ ދަންވަރު ހުޅުމާލޭގައި ކާރަކުން ޖެހި ސައިކަލެއްގައި ދިޔަ ޒުވާނަކު މަރުވުމާ ގުޅިގެންނެވެ. 23 އަހަރުގެ ޒުވާނަކު އެކްސިޑެންޓްގައި ނިޔާވީ ފަތިހު ހުޅުމާލޭގައި އޮތް ދުވުމެއްގައި ބައިވެރިވާން ދިޔަ ވަގުތު ބާރު ސްޕީޑްގައި ދުއްވި ސްޕޯރޓްސް ކާރަކުން ޖެހިއެވެ. އެކާރު ދުއްވަން އިން 26 އަހަރުގެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ސ.ހިތަދޫ ވައިލެޓްފެހި މުޙައްމަދު ވިސާމު ޞިދުޤީ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement