ސިވިލް ޑިފެންސް މުވައްސަސާއެއް  ގާއިމު ކުރުމަށް އާޒިމާ ގޮވައިލައްވާފި

ސިވިލް ޑިފެންސް މުވައްސަސާއެއް ގާއިމު ކުރުމަށް އާޒިމާ ގޮވައިލައްވާފި

ދައުލަތުގެ ސިވިލް ޑިފެންސް މުވައްސަސާއެއް ގާއިމު ކުރުމަށް އާޒިމާ ގޮވައިލައްވާފި

9 months ago - 18:43
Jan 9, 2024 - 00:14

ދައުލަތުގެ ސިވިލް ޑިފެންސް މުވައްސަސާއެއް ގާއިމު ކުރުމަށް އާޒިމާ ގޮވައިލައްވާފިއެވެ.

ސަންގު ޓީވީން ގެނެސްދޭ ސަންގު ބަހުސްގައި އާޒިމާ ވަނީދައުލަތުގެ ސިވިލް ޑިފެންސް މުވައްސަސާއެއް ގާއިމު ކުރުމަކީ މެނިފެސްޓޯގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުވިދާޅުވީ ސިވިލް ޑިފެންސަކީ ރާއްޖޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށާއި 911 އަކީ ހުރިހާ ހާލަތެއްގައިވެސް ބޭނުން ކުރެވޭނެ ނަންބަރަކަ ހަދައި ހާދިސާއެއް ހިނގުމުން ވަކި ނަންބަރަކަށް ގުޅަން އޮންނަ އުސޫލަށް ވުރެ ތަހުޒީބު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ސަރުކާރާއި އެކުގައި، ސަރުކާރުގ މުވައްސަސާއެއް ގޮތުގައި ސިވިލް ޑިފެންސް ގާއިމު ކޮށް އެމްބިއުލާންސް އާއި އަލިފާން ނިއްވުމުގެ ހިދުމަތާއި އަދި އެނޫންވެސް ކަންކަން އޭގެ ދަށަށް ބަދަލު ކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންގެ ރައްކާތެރިކަން ބަލަހައްޓާނެ އިންސްޕެކްޓްރޭޓަކީ އާޒިމާގެ ވައުދެއް ކަމަށްވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް އިމާރާތުގެ ރައްކާތެރިކަމާއި އަލިފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އުސޫލުތަކާއި ގަވާއިދު ތަކެއް ގާއިމު ކުރާނެކަމުގައިވެސް އާޒިމާ ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow