އައްޑޫ ފޭދޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރުންނަށް ރޮޒައިނާ ކަމަކު ނުދިޔަ

އައްޑޫ ފޭދޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރުންނަށް ރޮޒައިނާ ކަމަކު ނުދިޔަ

އެމްޑީޕީގެ ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ރޮޒައިނާއަށް އެ ދާއިރާގެ ޓިކެޓް ގެއްލިއްޖެ

7 months ago - 20:01
Feb 3, 2024 - 22:01

އައްޑޫ ފޭދޫ ދާއިރާގެ އެމް.ޑީ.ޕީ ޕްރައިމަރީގައި އެޕާޓީ ތެރޭގައި އެންމެ ނުފޫޒުގަދަ އެއް މެންބަރު ރޮޒައިނާ އާދަމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ އެ ދާއިރާގެ ޓިކެޓު ގެއްލިއްޖެއެވެ.

މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެމްޑީޕީން މިއަދު ބޭއްްވި ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ރޮޒައިނާ އާދަމަށް އެ ދާއިރާގެ ރައްޔިތުން ނޫނެކޭ ބުނެފައިވަނީ މިއަދު ބޭއްވި ޕްރައިމަރީގައި އޭނާއާ ދެކޮޅަށްލީ ގިނަ އަދަދެއްގެ ވޯޓުންނެވެ. 

މުޅިން އަލަށް އުފެއްދި އެ ދާއިރާއަށް މިހާރު ވެސް މީދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ރޮޒައިނާ އާއި އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރި އެވެ. މާލެ އާއި އައްޑޫގައި ބެހެއްޓި ފޮށިން ވެސް އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އަންހެން މެމްބަރު ރޮޒައިނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ.

އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އަހުމަދު ޝަރީފު (ޑުންގާ) އެވެ. ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑުންގާއަކީ އެފްއޭއެެމްގެ ކުރީގެ ޓެކްނިކަލް ޑިރެކްޓަރެވެ.

ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރޮޒައިނާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވުނީ 2014 ގަ އެވެ. އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި 2019 ވަނަ އަހަރު ވެސް ރޮޒައިނާ ވަނީ އެ ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފަ އެވެ. ރޮޒައިނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މަޖިލިސް މެމްބަރެވެ.

އަންނަ މާޗު މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގެ އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރިއިރު އެ ދާއިރާތަކަށް ނިސްބަތްވާ 25،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

އެއް ކެންޑިޑޭޓަށް ވުރެ އިތުރަށް ކުރިމަތިނުލާތީ 51 ދާއިރާއެއްގެ ޓިކެޓް ވަނީ ގިނަ މެމްބަރުން ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow