ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ޖަވާދު އައްޔަންކޮށްފި

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ޖަވާދު އައްޔަންކޮށްފި

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ޖަވާޒު އައްޔަންކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި

7 months ago - 20:07
Feb 3, 2024 - 21:49
Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނުކުރައްވައިފިއެވެ.

ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޖަވާޒު ހުންނެވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައެވެ.

އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވައި އެފްއޭއެމްގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ، އެފްއޭއެމްގައި އަދާ ކުރަމުން ދިޔަ މަޤާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

އެފްއޭއެމްގައި ޖަވާޒު 24 އަހަރާއި ތިން މަސް ދުވަސް މަސައްކަތް ކުރައްވާފައިވެއެވެ.

Advertisement

ރައީސް އޮފީހުގައި ވެބްސައިޓްގައި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތުތައް ހިމެނޭ ބައިގައި ޖަވާޒުގެ ނަން ހިމަނާފައިނުވާއިރު، އޭނާއާއި އެކު ޔޫތު މިނިސްޓްރީގައި 10 ޑެޕިއުޓީ މިނިސްޓަރުންނާއި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

ޔޫތް މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ޖަވާޒު އައްޔަންކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement