ރައީސުލްޖުމްހޫރިއްޔާ،  އަބްދުއްރަހީމާ މަޝްވަރާ ކުރެއްވީ ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު - ހީނާ
ރައީސް މުއިއްޒު މީގެކުރިން އަބްދުއްރަހީމްއާ ބައްދަލުކުރައްވަނީ: ފޮޓޯ- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، އަބްދުއްރަހީމާ މަޝްވަރާ ކުރެއްވީ ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު - ހީނާ

1 year ago - 17:00
Feb 20, 2025 - 17:01
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމްއާ މަޝްވަރާ ކުރެއްވީ ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު މެދު ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ދެބޭފުޅުންގެ ގުޅުން ގޯސްވެފައި ވަނިކޮށް، މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދެއްވާ ހީނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ މި ފެށުނު ދައުރުގައި ސަރުކާރުގެ ފަރާތުން ފޮނުއްވަންހުރި ބިލްތަކާމެދު ކަމަށެވެ.

‏" މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރުވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށްގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް" ހީނާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޕީ.އެން.ސީގެ ޕީ.ޖީ ލީޑަރު އިބްރާހީމް ފަލާޙް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement