ފަސްކުރުން ތަކަށްފަހު މާދަމާ ޕީ.އެން.ސީގެ ޕްރައިމަރީ ބާއްވަނީ

ފަސްކުރުން ތަކަށްފަހު މާދަމާ ޕީ.އެން.ސީގެ ޕްރައިމަރީ ބާއްވަނީ

ފަސްކުރުން ތަކަށްފަހު މާދަމާ27 ޖެނުއަރީގައި ޕީ.އެން.ސީގެ ޕްރައިމަރީ ބާއްވަނީ

7 months ago - 17:02
Jan 26, 2024 - 17:19

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް މާލެ އާއި އެކި ރަށްރަށުގައި 227 ވޯޓުފޮށި ބަހައްޓަން ނިންމައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ޕްރައިމަރީގެ ވޯޓުލުން މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 

 ޕްރައިމަރީގައި ޖުމުލަ 73 ދާއިރާއަކުން 71،597 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުން ވޯޓުފޮށިތައް ހުންނާނީ ހެންވޭރު ދަނޑުގައި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެނދި ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ.

އެންމެ ކެންޑިޑޭޓަކު ވާދަކުރުމުގެ ސަބަބުން 13 ބޭފުޅަކަށް ޕީއެންސީގެ ޓިކެޓު ވަނީ ޕްރައިމަރީއަކައިނުލާ ކަށަވަރުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ފުރަތަމަ ވަނީ ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ. އެގޮތުން، އެކަށިގެންވާ ވަރަށް ޕާޓީއަށް ޚިދުމަތްނުކުރާ ކަމަށް ބުނެއާއި ޕާޓީ ފިތުނަކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ވެސް ފުރަތަމަ ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރިއެވެ.

 އެހެންވެ، ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވަނީ ޕްރައިމަރީއަށް ކުރިމަތިލާ އެންމެންނަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވައިފަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow