ފަހު ވަގުތު އިންޓަރ މިލާނުން ބަޔާން މިއުނިކްގެ މައްޗަށް ކުރިހޯދާ ސެމީއާ ގާތަށް
އިންޓަރ ގެ ކްޕްޓަން ލައުރާޓޯ މާޓިނޭޒް. ފޮޓޯ: އިންޓަރ މިލާން

ފަހު ވަގުތު އިންޓަރ މިލާނުން ބަޔާން މިއުނިކްގެ މައްޗަށް ކުރިހޯދާ ސެމީއާ ގާތަށް

4 days ago - 03:18
Apr 9, 2025 - 07:48

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ފަހުވަގުތުން ބަޔާން މިއުނިކް ބަލިކޮށް, އިންޓަރ މިލާނުން ސެމީގެ ޖާގައަކާ ގާތަށް ޖެހިލައިފިއެވެ.  ފަހުވަގުތު އިންޓަރ އިން މެޗު ކާމިޔާބުކުރީ  2-1 ނެވެ. 

ޖަރުމަނުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނީވެސް ބަޔާނުންނެވެ. ކެޕްޓަން ހެރީކޭން އަށް ލިބުނު ފުރުޞަތު ތަކުގެ ބޭނުން ރަނގަޅަށް ނުހިފި އުޅެނިކޮށް ލީޑު ނެގީ އިންޓަރ މިލާންއިންނެވެ. 38 ވަނަ މިނިޓްގައި ލީޑު ނެގީ މާކަސް ތުރާމް ތަނަވަސްކޮށްދިން ފުރުޞަތުގައި ލައުރާޓޯ މާޓިނޭޒްއެވެ.

ބަޔާނަށް 85 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ތޯމަސް މުލާއެވެ. ގޯލާއެކު ބަޔާނުން ގާތްގަނޑަކަށް ބަލިނުވެ ސަލާމަތްވީ ކަމަށް ހީކުރެވުނެވެ. ކޮންރާޑް ލައިމާ ނަގައިދިން ހުރަސް މުލާ ގޯލަށް އަމާޒުކޯށް ފޮނުވާލިއިރު އޭނާވަނީ މިސީޒަން ނިމުމުން 25 އަހަރަށްފަހު ބަޔާން އާ އަލަވާދާއު ކިޔާނެކަމަށް ބުނެފައެވެ.

މުޅި މެޗަށް ކުއްލި ޓްވިސްޓެއް އައީ އޭގެ ދެ މިނެޓް ފަހުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން  ޑޭވިޑް ފްރަޓެއްސީ އިންޓަރ ސަލާމަތްކޮށްދީ ސެމީ ފައިނަލްގެ އުންމީދު އާކޮށްދިނީ ކާލޮސް އަގަސްޓޯ ނަގައިދިން ހުރަހުން ކާމިޔާބުކުރި ގޯލުންނެވެ. 

Advertisement
Advertisement

މި ބައްޔާއެކު ބަޔާނުން ޗެމްޕިއަންސް ލީގުގައި 2021 ން ފެށިގެން 22 މެޗުން ބަލިނުވެ އޮތްއޮތުން ވަނީ ނިމުމަކަށް އައިސްފައެވެ.

ކުއާޓަރ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އެޕްރީލް 16 ވާ ބުދަ ދުވަހު ސެން ސީރޯގައެވެ. ސެމީއަށް ދާ ޓީމެއް ސެމީގައި ވާދަކުރާނީ ބާސެލޯނާ ނުވަތަ ބޮރޫޝިއާ ޑޯޓްމަންޑާއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ 31 މޭ ގައި ބަޔާނުގެ އެލިއަންޒް އެރީނާގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow