
މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުން ފެން ހިންދަަން ސިފައިންނާއި ފުލުހުން ނިކުމެއްޖެ
މާލެއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުން ފެން ހިންދަަން ސިފައިންނާއި ފުލުހުން ނިކުމެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން. ދާކަމަށެވެ. އެގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުން ދާކަމަށް ސިފައިން ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލުން ގެނައި ޕަމްޕުތައްވެސް ފެން ހިންދުމަށް ސިފައިން ދަނީ ބޭނުން ކުރަމުންނެވެ. ފެން ހިންދުމުގެ އިތުރުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ރިއެކްޝަންސް






