ސާފް ޗެމްޕިއަންޝިޕް: އަންހެން ޓީމް ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލި
ލަންކާއާ ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ސާފް

ސާފް ޗެމްޕިއަންޝިޕް: އަންހެން ޓީމް ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލި

3 days ago - 10:39
Oct 19, 2024 - 10:39

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމް ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ބަލިވެއްޖެ އެވެ.

މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރާއްޖޭގެ ޓީމް ލަންކާ އަތުން ބަލިވީ 1-0 ނެވެ. މެޗުން ލަންކާ މޮޅުކޮށްދިން ލަނޑު 16 ވަނަ މިނިޓްގައި ޖެހީ އިމޭޝާ ވާނަކުލަސޫރިޔާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ. މިއީ އޭނާ ސީނިއަރ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެ ސްރީލަންކާ އަތުން ބަލިމިވީ ހަތަރު މެޗަށްފަހުއެވެ. ނޭޕާލްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެ ދެން ވާދަކުރަން ޖެހޭނީވެސް ނޭޕާލާއެވެ. މިގްރޫޕްގައި ނޭޕާލަށް ބޫޓާން އަތުން މޮޅެއް ނުވެވުނެވެ. އެމެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

Advertisement

ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ, ޕާކިސްތާން, އަދި ބަނގްޗގައި 5-2 ން ބަނގުލަދޭޝް އެވެ. އިންޑިޔާ ވަނީ ފުރަތަމަ މެޗުގައި 5-2 ން ޕާކިސްތާން ބަލިކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow