ކާވާ ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލި
ރާއްޖެ ކިރްގިސްތާނާ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ސިޑިބަރި/ޔަކޭ

ކާވާ ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލި

3 days ago - 10:52
Oct 19, 2024 - 10:54

ކާވާ މެންސް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ކިރްގިސްތާން އަތުން ރާއްޖޭގެ ސީނިއަރ ޤައުމީ ވޮލީބޯޅަ ޓީމް ބަލިވެއްޖެ އެވެ.

މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކިރްގިސްތާން ގެންދިޔައީ 25-15, 25-13, 25-16 ނެވެ. ދެވަނަ މެޗުގައި ރާއްޖެ މިއަދު ވާދަކުރާނީ ތުރުކެމްނިސްތާނާ އެވެ. ރާއްޖެއިން މުބާރާތުގައި ވާދަކުރަނީ މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުންނެވެ.

މުބާރާތުގައި ދެން ވާދަކުރަނީ އަފްޣާނިސްތާން, ތަޖަކިސްތާން, އަދި އުޒުބެކިސްތާނެވެ. މުބާރާތް ކުރިއަށްދަނީ އުޒުބެކިސްތާނުގައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ އަނެއް ދެމެޗުގެ ނަތީޖާއަށް ބަލާއިރު އުޒުބެކިސްތާނުން ވަނީ ސީދާ ތިންސެޓުން ތަޖިކިސްތާން ބަލިކޮށްފައެވެ. އަދި ތުރުކެމްނިސްތާނުން ވަނީ ސީދާ ތިން ސެޓުން އަފްޣާނިސްތާން ބަލިކޮށްފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow