17 އަހަރުން ދަށުގެ ޓީމް ފަހަތުން އަރާ ބޫޓާނާ އެއްވަރުކޮށްފި
ބޫޓާނާ ދެކޮޅަށް ނިކުއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމް

17 އަހަރުން ދަށުގެ ޓީމް ފަހަތުން އަރާ ބޫޓާނާ އެއްވަރުކޮށްފި

3 days ago - 16:30
Oct 19, 2024 - 16:30

އޭޝިޔަންކަޕް ކޮލިފައިންގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް ފަހަތުން އަރާ ބޫޓާނާ އެއްވަރުކޮށްފިއެވެ.

ޗައިނާގައި ކުރިއަށްދާ ކޮލިފިކޭޝަންގައި ބޫޓާން މޮޅުވާން ދިޔަ މެޗެއްގައި ރާއްޖެއިން އެއްވަރުކުރީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދީ ޗައިނާއިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ބޫޓާނުން ދެ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން 12 މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނިޓްގައި ޖެހީ ސަޔޫން ލާމާ އެވެ. ދެވަނަ ލަނޑު ޖެހީ ތިންލޭ ޔެޒާ އެވެ.

ރާއްޖޭގެ ޓީމަށް ދެ ލަނޑުވެސް ޖަހައިދިނީ މުހައްމަދު އިލާން އިބްރާހީމް އެވެ. އިލާން ފުރަތަމަ ލަނޑު ޖެހީ 70 ވަނަ މިނިޓްގައެވެ. އޭގެ ދިހަ މިނިޓްފަހުން ނަތީޖާ ހަމަހަމަކޮށްދިނީ ޕެނަލްޓީ އަކުންނެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑުވެސް ޖެހީ އިލާންއެވެ. އެއީ ބަނގްލަދޭޝްއާ 1-1 ން އެއްވަރުވި މެޗުގައެވެ.

އަންނަ އަހަރު ސައުދީއަރަބިޔާގައި އޮންނަ އޭޝިޔަންކަޕްގެ ކޮލިފައިންގައި ރާއްޖެއާ އެއް ގްރޫޕެއްގައި ދެން ހިމެނެނީ ޗައިނާއާއި, ބަހުރޭންއާއި ދެކުނު ކޮރެއާ އެވެ. އޭޝިޔަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި, ދެވަނަ ހޯދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޓީމެވެ.

Advertisement

ރާއްޖޭގެ ދެވަނަ މެޗުގައި ހޯމަ ދުވަހު ވާދަކުރާނީ ބަހުރޭނާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow