ރައީސުލްޖުމްހޫރިއްޔާ، ތުރުކީވިލާތުގެ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ތުރުކީވިލާތުގެ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

58 minutes ago - 21:39
Advertisement
Advertisement

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ މަނިކުފާނުގެ ސަރުކާރަށާއި، ތުރުކީވިލާތުގެ ރައްޔިތުންނަށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މިމުނާސަބަތަކީ ތުރުކީވިލާތުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށާއި މިއީ އެޤައުމުގެ ސިޔާދަތާއި، ތަރައްޤީ އާއި ޤައުމު އުފެއްދުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތު ކޮށްފައިވާކަން ފާހަގަކުރެވޭ މުނާސަބަތު ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށާއި، އެއީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ފާހަގަވެގެންދާކަމެއް ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ނޮވެމްބަރ 2026ގައި އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާއި ބައްދަލުވެވަޑައިގެން، އެބައްދަލުވުމުގައި ދެގައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާ ކުރެވި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement