ޕީ.ޖީ ޝަމީމަށް ދިން ހަމަލާގެ މައްސަލައިގައި ރައީސް ޞާލިހާ ސުވާލު ކުރަނީ

ޕީ.ޖީ ޝަމީމަށް ދިން ހަމަލާގެ މައްސަލައިގައި ރައީސް ޞާލިހާ ސުވާލު ކުރަނީ

ޕީ.ޖީ ޝަމީމަށްދިން ހަމަލާގެ މައުލޫމާތު ރައީސް ސޯލިހަށް އެނގިލައްވާކަމަށް ބެލެވޭތީ ސުވާލު ކުރުމަށް ނިންމައިފި

7 months ago - 14:06
Jan 31, 2024 - 14:13
Advertisement

ޕްރެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ބަޔަކު ދިން ހަމަލާގެ ފަހަތުގައި ސިޔާސީ މަގުސަދެއްވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެމަނިކުފާނާ މައްސަލައިގައި ސުވާލު ކުރުމަށް ނިންމައިފި އެވެ.

ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ސިޔާސީ މަގުސަތުތަކެއްގައި ދޭ މިފަދަ ހަމަލާތަކަށް ޑިމޮކްރެޓިކް ވެއްޓެއްގައި ޖާގަ ދެވިގެން ނުވާނެ ކަމަށެވެ.

ފުލުހުން އެންމެ ހާއްސަ އިސްކަމެއް ދީގެން މި ހަމަލާގެ ތަހުގީގު ކުރިޔަށް ގެންދަން ސަރުކާރުން ބާރު އެޅުމަށް ގޮވާލެއްވި އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވުމުން، ހޯމް މިނިސްޓަރު އިހުސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަމަލާގެ މައުލޫމާތު ރައީސް ސޯލިހަށް އެނގިލައްވާކަމަށް ބެލެވޭތީ ސުވާލު ކުރުމަށް އޮފިސަރުންނަށް ދަންނަވާފައިވާ ކަމަށެވެ.

Advertisement

ފުލުހުން ވިދާޅުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބައެއްކަމަށާއި ބޭނުންކޮށްފައި ވަނީ ތޫނު އެއްޗެއް ނޫން ކަމަށެވެ. 

މިއީ ސިޔާސީ ހަމަލާއެއްކަމަށް ސިފަކޮށް، އެމްޑީޕީން ވެސް ބަޔާނެއް އާންމު ކުރި އެވެ. އަދި ޑިމޮކްރެޓްސް ޕާޓީން ވަނީ ފުލުހުންގެ ތަހުގީގަށް ފާރަވެރިވުމަށް ރައްޔިޔުތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފަ އެވެ.

ހަމަލާ ކުށްވެރި ކުރައްވައި ރައީސް ސޯލިހު ޓުވީޓު ކުރެއްވުމުން، އަހުސާން ވިދާޅުވީ އެމަނިކުފާނުގެ ޓުވީޓުން ހަމަލާގެ މައުލޫމާތު އެނގިލައްވާކަމަށް ދޭހަވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހިއްސާކޮށްދޭން އެދިވަޑައިގަންނަވާކަމަށާއި، ހަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަމާއި އޭގެ މަގްސަދު އެނގިލައްވާ ނަމަ ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލައިގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement