ރައީސް ޢަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން : ޤާސިމް

ރައީސް ޢަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން : ޤާސިމް

ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ

9 months ago - 13:00
Jan 31, 2024 - 13:49
Advertisement

ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވަނީ ރައީސް އަޒުލުކުރަން ހުށަހެޅޭ އަދަދަށް ސޮއިހަމަކޮށްފައެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެއް ނުވެއެވެ. ހުށަހަޅާނެ ވަކި ތާރީޚެއް ވެސް މިހާތަނަށް އެ ޕާޓީއަކުން ނުބުނެއެވެ.

ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނު އަސާސީއާ ޚިލާފުނުވާހާ ހިނދަކު އަދި ރައީސްކަމުގެ ޝަރުތުން ކުރެ ޝަރުތެއް އުނިނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ރައީސް އަޒުލުކުރަން ހުށަހެޅުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ.

"ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރުމަކީ، ނުވަތަ ޢަޒުލުކުރަން ހުށަހެޅުމަކީ ވެސް، ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެއެވެ،" ގާސިމް ވިދާޅުވިއެވެ.

Advertisement

ގާސިމް ވިދާޅުވީ، ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭނީ އެކަށޭނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ޖެއްސުން ކުރުމުގެ ނިޔަތުގައި އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަކީ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ. އެ ކަންކަމުގެ ސަބަބުން ލިބޭނީ ނިކަމެތިކަންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެއްވެސް ޝަރުތަކައިނުލާ، ރައީސް އަޒުލުކުރުމުގެ މަސައްކަތް ހުއްޓައިލަން ޖެހޭ ކަމަށެވެ.

އެމްޑީޕީން އިއްޔެ ބުނީ، ސީދާ ތާރީޚެއް ނުނިންމި ނަމަވެސް މި ދައުރުގައި ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ހަމައެކަނި އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭ ގޮތަށް މި ފަހުން މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ.

އެކަން ކޮށްފައިވަނީ މަޖިލީހަށް ލިބިދީފައިވާ އިޚުތިޔާރުގެ ބޭރުން ކަމަށް ބުނެ، ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement