ތުޅާދޫ 10 ދަނޑުވެރިއަކަށް ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދެނީ

ތުޅާދޫ 10 ދަނޑުވެރިއަކަށް ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދެނީ

ބ.ތުޅާދޫ 10 ދަނޑުވެރިއަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދެނީ

6 months ago - 12:46
Jan 31, 2024 - 12:49

ބ.ތުޅާދޫގެ 10 ދަނޑުވެރިއަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދޭނެއެވެ.

ބ. ތުޅާދޫގައި ކުރިއަށްދިޔަ ހައިޑްރޮޕޯނިކްސް ސިސްޓަމާ ގުޅޭ ތަމްރީން ޕްރޮގްރާމް ފަށްޓަވާދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއެވެ.

ބ. ތުޅާދޫގައި ކުރިއަށްދިޔަ ހައިޑްރޮޕޯނިކްސް ސިސްޓަމާ ގުޅޭ ތަމްރީން ޕްރޮގްރާމް ފަށްޓަވާދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއެވެ.

އެވުޒާރާއިން ވިދާޅުވީ ދަނޑުބިމުގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާ ބިން ލިބެންނެތް ރަށްރަށުގައިވެސް ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ކޮންމެ ދަނޑުވެރިއަކަށް ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިއުކަންބާ އާއި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ޤާއިމްކޮށްދޭނެއެވެ.

ފަތްޕިލާވެލި އިންދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިއުކަންބާއާއި މެލަން ހެއްދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހައިޑްރޮޕޯނިކްސް ސިސްޓަމުން ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމަށް އެރަށުގައި ވަނީ ތަމްރީން ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow