އައްޑޫއިން ޖަނަރޭޓަރެއް ފޮނުވައިގެން ފުވައްމުލަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިން: ފެނަކަ

އައްޑޫއިން ޖަނަރޭޓަރެއް ފޮނުވައިގެން ފުވައްމުލަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިން: ފެނަކަ

އައްޑޫއިން ޖަނަރޭޓަރެއް ފޮނުވައިގެން ފުވައްމުލަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި ކަމަށް ފެނަކަ އިން ވިދާޅުވެއްޖެ

2 years ago - 20:16
Jan 30, 2024 - 21:24
Advertisement
Advertisement

އައްޑޫއިން ޖަނަރޭޓަރެއް ފޮނުވައިގެން ފުވައްމުލައް ސިޓީއަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި ބެހެއްޓިފައިވާ  800ކވއ ޓްރާންސްފޯމަރއެއް ފަޅައިގެން ދިއުމުގެ ސަބަބުން މި ވަގުތު ވަނީ އެ ރަށުގެ ވަކި ބަޔަކުން ކަރަންޓް ކެނޑިފައިއެވެ.

ކަރަންޓު ކެނޑިފައިވަނީ ފުވައްމުލަކު ސިޓީގެ މިސްކިތްމަގު އަވަށުން ބަޔަކާއި މާދަނޑު އަވަށުގެ ބަޔަކުންނެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ އިން 1000ކވއ ޓްރާންސްފޯމަރއެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައިކަމަށް ފެނަކައިން ވިދާޅުވިއެވެ.

އެގޮތުން މިރޭގެ ވަގުތެއްގައި 1000ކވއ ގެ ޓްރާންސްފޯމަރ އިންސްޓޯލްކޮށް ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު ދެވޭނެކަމަށް ފެނަކައިން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement