މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާއި ގުޅޭ އިސްލާހުތައް ދެ ހަފުތާ ތެރޭ މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަނައިބު
ބަންޑާރަނައިބު އަޙްމަދު އުސާމް / ފޮޓޯ: މަޖިލިސް

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާއި ގުޅޭ އިސްލާހުތައް ދެ ހަފުތާ ތެރޭ މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަނައިބު

21 hours ago - 13:36
Advertisement
Advertisement

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމާ ބެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އަހްމަދު އުސާމް މިކަން ހާމަކުރައްވާފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމަކުންނެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާހުކުރުމަށް މިދިޔަ އަހަރުގެ ފަހު ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށައަޅާފައިވާއިރު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް އަންގަވާފައެވެ.

މިކަމާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާތައް ކުރިއަށްދާކަމަށާއި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާއިރު، މިކަން އެހެން ޤައުމުތަކުގައި ކުރާ ގޮތް ދިރާސާކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްލާހުތައް ހުށައަޅާނީ މިހާރު ކޮމިޓީ މަރުޙަލާގައި އޮތް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

Advertisement
Advertisement

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުން ހިމެނޭކަމަށާއި، އަދ ސަރުކާރުން މިހާރު އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement