އަހަރެއްގެ ތެރޭގައި މަގޫދޫ އެއަޕޯރޓް ނިންމައިދޭނެ ކަމުގެ ޔަގީންކަން
ރައީސް މުއިއްޒު މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

އަހަރެއްގެ ތެރޭގައި މަގޫދޫ އެއަޕޯރޓް ނިންމައިދޭނެ ކަމުގެ ޔަގީންކަން

3 hours ago - 16:17
Sep 21, 2025 - 16:17
Advertisement
Advertisement

އަހަރެއްގެ ތެރޭގައި ފ.މަގޫދޫ އެއަޕޯރޓް ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ފ.އަތޮޅިގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މަގޫދޫ ރައްޔިތުން ރައީސް އަރިހުން އެދިވަޑައިގެންނެވީ އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމަށެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީޚެއް ދެއްވުމަށް ރައްޔިތުން އެދިވަޑައިގަތެވެ. ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި އެއާޕޯޓްގެ މަޝްރޫޢު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އެ އެއަޕޯރޓް ނިންމަން ޖެހޭނެއެވެ.

މަގޫދޫ އެއަޕޯރޓަކީ މިސަރުކާރު ހަވާލުވިއިރު މަސައްކަތް ފަށާ ހިނގަމުންދިޔަ މަޝްރޫއެކެވެ. ނަމަވެސް މިސަރުކާރުގެ ސިޔާސަތަކީ ޖެހިގެން އޮތް ނިލަންދޫގައި އެއަޕޯރޓް އެޅުމެވެ. ނިލަންދޫ އެއަޕޯރޓް ދެ އަހަރާ ބައިގެ ތެރޭގައި ނިންމާގޮތަށް މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީއާ ހަވާލުކުރީވެސް މިއަދު އެވެ.

 

Advertisement
Advertisement

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement