ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް- ސްޓެލްކޯ
ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނު

ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް- ސްޓެލްކޯ

3 hours ago - 11:38
Sep 21, 2025 - 11:39
Advertisement
Advertisement

ރޭ މެންދަމު ހުޅުމާލެ ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް ކަމަށް ސްޓެލްކޯ އިން ބުންފިއެވެ.

ރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުންނެވެ. ޚިދުމަތް ކެނޑުނީ ދަންވަރު 3:30 ހާއިރު އެވެ. އަލުން ކަރަންޓްގެ ޚިދުމަތް ދެވުނީ 4:56 ހާއިރު ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ކަރަންޓްގެ ޚިދުމަތްދޭ ކުންފުނިން ވިދާޅުވީ ކަރަންޓްގެ ޚިދުމަތް ކެނޑުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެން ކަމަށެވެ.

އެ ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

Advertisement
Advertisement

ސްޓެލްކޯއިން އިލްތިމާސްކުރެއްވީ މުޖުތަމަޢުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ  ފަރާތްތަށް  ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި،  މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަށެވެ. މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement