ހަށި ވިއްކާ ކަމުގެ ތުހުމަތަށް ދިވެހިން ހިމެނޭ ގޮތަށް 7 މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރި 7 މީހުން: ފޮޓޯ-ދިވެހި ފުލުހންގެ ޚިދުމަތް

ހަށި ވިއްކާ ކަމުގެ ތުހުމަތަށް ދިވެހިން ހިމެނޭ ގޮތަށް 7 މީހަކު ހައްޔަރުކޮށްފި

4 ދިވެހިން ހިމެނޭ

3 days ago - 14:41
Oct 15, 2024 - 14:42
Advertisement

ހަށި ވިއްކާ ކަމުގެ ތުހުމަތަށް ދިވެހިން ހިމެނޭ ގޮތަށް 7 މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހިންގި އޮޕަރޭޝަންގައި ކަމަށެވެ. ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ކަމަށެވެ. ހައްޔަރުކުރި މީހުންނަކީ:

- އާއިޝަތު އަބްދުއްރަޒާޤު / ދަފްތަރު ނަމްބަރު ރސ. 6810

- ފާޠިމަތު ސިއުނާ / ނޫބަހާރުގެ – ށ.ފުނަދޫ

- ޝިއުނާ ހުސައިން / ޒާމިޔާ – ށ.ފުނަދޫ

Advertisement

- މުޙައްމަދު ޝަފީޢު / ހުވަދުމާގެ – އދ.މަހިބަދޫ

- ޕަވީނާ ބުންނަކް / ތައިލެންޑް

- މިލައިލަކް ތުންމުއަންގްޑޮން / ތައިލެންޑް

- ތިދަރަތު ޗުންކޮންގް / ތައިލެންޑް

ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް އަދި ދިވެހި ތިން އަންހެނުން ހަތް ދުވަހަށް ބަންދުކުރަން ހުޅުމާލެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. މައްސަލައިގައި ހިމެނޭ ފިރިހެން މީހާ  ބަންދުކުރަން ކޯޓުން އަމުރުކުރީ ފަސް ދުވަހަށެވެ.

މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement