 
                                    އަސްކޮއިގެ ހުއްދަ ހިފަހައްޓާ ޖޫރިމަނާވެސް ކޮށްފި
މައްސަލަ ތަހުޤީްުކޮށްދޭން ފުލުހުންނަށްވެސް ވަނީ ހުށަހަޅާފަ
އުމްރާއަށް މީހުން ގެންދަން ފައިސާ ނެގުމަށްފަހު, މިވަގުތު ގެންދެވެން ނެތްކަމަށް އެންގި އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ ހުއްދަ ހިފައްޓާ ޖޫރިމަނާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ހުއްދަ ހިފެހެއްޓުމުގެ އިތުރުން އެކުންފުނީގެ އެއްވެސް ހިއްސާދާރެއް ޝާމިލްވާ އެހެން ކުންފުންޏަކަށްވެސް ހުއްދަ ނުދޭން ނިންމަވާފައިވާ ކަމަށެވެ. މީގެއިތުރުން މިއަހަރު އެކުންފުނީގެ ހަވާލުގައި އުމްރާއަށްދާން ފައިސާ ދެއްކި މީހުންނަށް ރިފަންޑް ދޭންވެސް ވަނީ އަންގާފައެވެ. ނަމަވެސް އެފައިސާ ދިންކަމެއް އަދި ސާފެއް ނޫނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލަ ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އަޅައިދޭން އެދި ފުލުހުންނަށްވެސް ހުށަހަޅާފައެވެ.
މިނިސްޓްރީން ވަނީ އެކުންފުންޏާމެދު ފިޔަވަޅުތައް އަޅާ ތަންފީޒުކުރުމަށް މިނިސްޓްރީން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
އަސްކޮއިގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ މި ޖުލައިމަހު އުމްރާއަށް މީހުން ގެންދަން ފައިސާ ނެގުމަށްފަހު, ގަލްފް ހަނގުރާމަ މަތިކޮށް މީހުން ގެންދެވެން ނެތްކަމަށް އެންގުމުންނެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
