އަބުދުއްރަހުމާނު އާދަމް މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން- އޮޓޮޕްސީ ރިޕޯރޓް
އއ.މާޅޮސް, މަރުގެ ސަބަބުން ރަށުގައި ވަނީ ނުތަނަވަސްކަން; ފޮޓޯ-މާޅޮސް ފޭސްބުކް ޕޭޖް

އަބުދުއްރަހުމާނު އާދަމް މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން- އޮޓޮޕްސީ ރިޕޯރޓް

ކުރިންވެސް ޔަގީންކުރެވިފައި އޮތީ އޭނާ މަރުވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަމަށް

9 months ago - 12:14
Jul 31, 2025 - 12:15
Advertisement
Advertisement

އަބުދުއްރަހުމާނު އާދަމް މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އޮޓޮޕްސީ ރިޕޯރޓާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

އއ.މާޅޮހުގައި ނިދާފައި އޮއްވާ މަރާލި އަބްދުއްރަހުމާނު އާދަމް ނިޔާވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވީ އޮޓޮޕްސީގެ ވަގުތީ ރިޕޯޓާ ހަވާލާދީއެވެ.

އަބްދުއްރަހުމާނު މަރުވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުންކަން ކުރިންވެސް ބެލެވިފައި އޮތަސް މިފަދަ މަރުތަކުގައި ފުލުހުން ގެންދަނީ މިހާރު އޮޓޮޕްސީ ހަދަމުންނެވެ. ނަމަވެސް އަބްދުއްރަހުމާނު އާދަމްގެ މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ މީހަކު ހުރިކަމަކަށްވެސް ނުބުނެއެވެ. ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

65 އަހަރުގެ އަބްދުއްރަހުމާނު މަރާލީ މިމަހުގެ 12 ވަނަ ދުވަހުގެރޭ އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވާ ދަންވަރުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement