މާލެ އާއި ތިލަފުށީގެ ކަރަންޓު ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޑީބީއާއެކު މަޝްވަރާކޮށްފި

މާލެ އާއި ތިލަފުށީގެ ކަރަންޓު ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޑީބީއާއެކު މަޝްވަރާކޮށްފި

7 hours ago - 22:06
Advertisement
Advertisement

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، މާލެ އާއި ތިލަފުށްޓާ ދެމެދު ކަރަންޓުގެ ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.


މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި އެ ވުޒާރާގެ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.


މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގެ ހަކަތައިގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް މާލެ އާއި ތިލަފުށީގެ ކަރަންޓު ވިއުގަ އެއް ވިއުގައަކުން ގުޅާލުމަށް (އިންޓަކަނެކްޝަން) ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.


މާލެ އާއި ތިލަފުށްޓާ ދެމެދު ކަރަންޓު ވިއުގަ ގުޅާލުމުގެ މަޝްވަރާތައް މި ކުރިއަށްދަނީ، މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އަޅަމުންދާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ދަނޑިވަޅެއްގައެވެ. މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމުމުން، ގްރޭޓަ މާލެ ސަރަހައްދު ތިލަފުށްޓާ ހަމައަށް އެއްގަމު މަގުން ގުޅިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. މީގެކުރިން ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލެ ވެސް ވަނީ އެއް ކަރަންޓު ވިއުގައަކުން ކާމިޔާބުކަމާއެކު ގުޅާލާފައެވެ.


މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ގްރިޑް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement