ޗައިނާއިން މާސްޓާސް އަށް ކިޔެވުމުގެ 200 ފުރުސަތު ހުޅުވާލައިފި

ޗައިނާއިން މާސްޓާސް އަށް ކިޔެވުމުގެ 200 ފުރުސަތު ހުޅުވާލައިފި

13 hours ago - 16:05
Advertisement
Advertisement

ޒުވާން ލީޑަރުން ބިނާކުރުމަށް ޗައިނާ ސަރުކާރުން ދޭ ފުލް ސްކޮލާޝިޕްގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 200 ފުރުސަތު ދިވެހި ދަރިވަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލްގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ މި ޕްރޮގްރާމުގެ ދަށުން، އެ ގައުމުގެ ފާހަގަކޮށްލެވޭ 92 ޔުނިވަސިޓީއަކުން އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް އެދި ހުށަހެޅޭނީ ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ، އުމުރުން 45 އަހަރު ނުފުރޭ ދިވެހިންނަށެވެ.

މި ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ މާޗު މަހުގެ 29 ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކިޔަވަން އިހުތިޔާރުކުރާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ކޯހެއްތޯ ދުރާލައި ބަލަންވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ރާއްޖޭގައި މަސައްކަތްކުރުމަށް ވަކި ހުއްދައެއް ނުވަތަ ލައިސަންސެއް ބޭނުންވާ ދާއިރާތަކުން ކިޔަވާ ނަމަ، އެ ކޯހަކީ ކަމާބެހޭ ކައުންސިލްތަކުންނާއި އިދާރާތަކުން ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކޯހެއްކަން ކަށަވަރުކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement