މާދަމާރޭ 19 ސަރަހައްދެއްގައި ހަވާ އަރުވާނެ
މިހާތަނަށް ރާއްޖޭގައި އެންމެ ފުރިހަމަ ހަވާއެއް އެރުވީ ސިނަމާލެ ބްރިޖް ހުޅުވަން

މާދަމާރޭ 19 ސަރަހައްދެއްގައި ހަވާ އަރުވާނެ

11 months ago - 22:39
Jul 25, 2025 - 22:40
Advertisement
Advertisement

މާދަމާރޭ 19 ސަރަހައްދެއްގައި ހަވާ އަރުވާނެކަމަށް ގައުމީ ދިފާއީބާރު, އެމްއެންޑީއެފްއިން ބުނެފިއެވެ.

މާދަމާރޭ ހަވާ އަރުވަނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައެވެ. ހަވާ އަރުވަނީ މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައާއި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައެވެ. ހަވާ ހަ މިނިޓަށް ދެމިގެންދާނެ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުންޏެވެ. ހަވާ އަރުވަން ފަށާނީ މާދަމާރޭ  20:30 ހާއިރު އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އަރުވާ އެންމެ ފުރިހަމަ ހަވާ އަށް ވާނެއެވެ. ވެލާނާ އިންޓަރނޭޝަނަލްގެ އާ ޓަރމިނަލް ހުޅުވުމަށް ވަރަށް ބޮޑަށް އަންނަނީ ތައްޔާރުވަމުންނެވެ. އާ ޓަރމިނަލް އަކީ ޒަމާނީ, ފުރިހަމަ ޓަރމިނަލް އެކެވެ.

އާ ޓަރމިނަލްގެ މަސައްކަތް ފެށީ ރައީސް ޢަބްދުالله ޔާމީންގެ ދައުރު ނިމެނިކޮށެވެ. މަސައްކަތުގެ ބޮޑުބައި އިބްރާހީމް މުޙައްމަދު ޞާލިހުގެ ދައުރުގައި ނިންމާ, ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ މިދައުރުގައި މަސައްކަތް މުޅިން ނިންމާ ހުޅުވަން ވަނީ ތައްޔާރުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement