
ޖުލައި 26 ވަނަ ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާ
ޖުލައި 26 ވަނަ ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ. އެއްގަމު އުޅަނދު ދުއްވުން މަނާކުރީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކަށެވެ.
މާދަމާއާއެކު ތިން ދުވަހަށް އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާ އިއުލާނުކޮށްފައެވެ. 26 ވަނަ ދުވަހު ހަވީރު 15:00 ން 18:30 އަށް އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވުން މަނަލެވެ. އަދި 25 ވަނަ ދުވަހު މެންދުރު 13:00-18:00 އަށް ބަރު އުޅަނދު ދުއްވުން މަނަލެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވަނީ 25 ވަނަ ދުވަހުއެވެ. 27 ވަނަ ދުވަހު 18:00 ން 00:00 އަށްވެސް ބަރު އުޅަނދު ދުއްވުން މަނަލެވެ. ފުޅަނދު ބުރު އޮންނާނީ އެރެއެވެ.
އިސްތިސްނާ ވަނީ ހަމައެކަނި ސަލާމަތީ ބާރުތަކުން ދުއްވާ އުޅަނދާއި, އެމްބިއުލަންސާއި, ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްދޭ ބަހެވެ.
ރިއެކްޝަންސް






